ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ދެވަނަ ދައުރުގައި އޭދަކޮށްފައިވަނީ ގާތް ގަނޑަކަށް 46 ގަނޑިއިރުކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މި ދައުރުގައި ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރަައްވާފައެވެ.
އެގޮތުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ދައުރުގައި މަޖިލީހުގައި ބާއްވާފައިވަނީ ޖުމްލަ 27 ޖަލްސާއެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ގާތް ގަނޑަކަށް 46 ގަނޑިއިރު ހޭދަ ކުރެވިފައިވާކަމަށެވެ.
މަޖިލީހުގެ ކޮމިޓީތަކުން މި ދައުރުގައި ބާއްވާފައިވަނީ ޖުމްލަ 127 ބައްދަލުވުންކަމަށް މައުލޫމާތުދެއްވިއެވެ. 91 ގަނޑިއިރަށްވުރެ ގިނަ ވަގުތު ކޮމިޓީތަކުގެ މަސައްކަތްތަކުގައި މެންބަރުން ހޭދަކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ދައުރުގައި ފާސްކޮށްފައިވަނީ ޖުމްލަ 7 ބިލެވެ. އެގޮތުން:
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި އިސްލާހު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނަށް ގެނައި އިސްލާހު
ފެނާއި ނަރުދަމާގެ ގާނޫނަށް ގެނައި އިސްލާހު
މޯލްޑީވްސް އެންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
އިންޝުއަރެންސް ބިލު
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ގެނައި އިސްލާހު
މިއަދު ބާއްވާފައިވަނީ މި ދައުރުގެ އެންމެ ފަހުގެ ޖަލްސާއެވެ. މި ޖަލްސާގައި ކުރިއަށްދިޔައީ މޯލްޑީވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ ބަހުސްއެވެ.

