ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަން ބަދަލުނުކުރާނަމަ ޑިކްޓޭޓާރޝިޕެއް ގާއިމުވާނެ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ނުކުމެ ވެރިކަން ބަދަލުނުކުރާނަމަ ޑިކްޓޭޓާރޝިޕެއް ގާއިމުވެގެންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ސަރުކާރުންދަނީ މުއައްސަސާތަކާއި ރައްޔިތުން ފިއްތައި ކޮންޓްރޯލްކުރުމުގެ ގޮތުން އެކި ނަން ނަމުގައި ބިލުތައް ފަރުމާކޮށް މަޖިލީހަށާް ހުށައަޅަމުންކަމަށެވެ. މިގޮތުން އެންމެ ފަހުން ހުށައަޅާފައިވާ ޓެކްސްއާއި ގުޅުންހުރި ބިލަކީ ވިޔަފާރިތައް އެއްކޮށް ކޮންޓްރޯލްކުރުމަށްޓަކައި އެޅި ފިޔަވަޅެއްކަމަށެވެ. އަދި ޒަރޫރީ ބޭނުމެއްގައިވެސް ކުޑަކޮށްވެސް ލަސްވެއްޖެ ހާލަތެއްގައި ނުވަތަ ނުދެއްކިއްޖެ ހާލަތެއްގައި ވިޔަފާރިވެރިޔާ ޖަލަށްލުމުގެ އިހުތިޔާރު ލިބިގެންދާކަމަށެވެ. މައުރޫފް ވިދާޅުވީ، ބިލަށް އިސްލާހު ގެނެސްފައިވަނީ ރައީސް ބޭނުންފުޅުވެއްޖެ ބަޔަކަށް މާފު ދެވޭ ގޮތަށްކަމަށެވެ.

މެމްބަރު ވިދާޅުވީ، މިއީ މާލެ ނޫން އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ދަތި ވަގުތުތަކެއް ކަމަށެވެ. މިގޮތުން ތަކެތީގެ އަގު 30 އިންސައްތައާއި 50 އިންސައްތައާއި ދެމެދު މިންވަރެއްގައި އުފުލިފައިވާކަމަށާއި ކަރަންޓާއި ފެނުގެ އަގުވެސް އިންތިހާއަށް ބޮޑެވެފައިވާކަމަށެވެ.

މި ހުރިހާ މައްސަލަތަކެއް ފެންމަތިވެގެންދާއިރު، ދިވެހި ރައްޔިތުން ނުކުމެ ގައުމު ސަލާމަތްނުކޮށްފި ހާލަތެއްގައި ރާއްޖޭގައި ޑިކްޓޭޓާރޝިޕެއް ގާއިމުވެ މިހާރުގެ ސަރުކާރުން އަނިޔާވެރި ވެރިކަމެއް ކުރާ މަންޒަރު ފެނިގެންދާކަމަށެވެ. މައުރޫފް ވިދާޅުވީ، އެއްވެސް ކަމަކަށް ބަލާލުމެއް ނެތްކަމަށާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އެންމެ ރަނގަޅު މިންގަނޑުތަކަށް ރިއާޔަތްކުރުމެއް ނެތްކަމަށެވެ. އަދި ޑިމޮކްރެސީގެ އުސޫލުތަކަށްވެސް ނުބަލާކަމަށާއި ދީނުގެ ނަމުގައި އެކިއެކި ވާހަކަތައް ދައްކަމުންދާ އަޑު އިވިގެންދާކަމަށެވެ. މެމްބަރު ވިދާޅުވީ، ދީނުގެ ނަން އިސްކޮށްގެން ސަރުކާރުން ސިޔާސީ ކުޅިވަރުތައް ކުޅެމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: