ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވަނީ ވީހާވެސް ގިނައިން ރައްޔިތުންގެ ގާތަށް ދާން، މައްސަލަތައް ހައްލު ކުރާނަން: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ގާތަށް ވީހާވެސް ގިނައިން ދަތުރު ކުރައްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާޅޮހަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މިހާރު މަޝްރޫއުތައް ފަށާފައިވާއިރު ދެން އެ ޕްރޮޖެކްޓުތައް ހުއްޓުމެއް ނެތި ކުރިޔަށް ދާނެކަމަށެވެ. ރަށުގެ ތަރައްގީއާއި ގުޅުން ހުރި ގިނަ މަސައްކަތްތައް ކުރިޔަށް ގެންދާކަން ފާހަގަކުރައްވައި ރައީސް ވަނީ ސަރުކާރުން މާޅޮހުގައި ކުރިޔަށް ގެންދިއުމަށް ގަސްދު ކުރާ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ދެއްވާފަ އެވެ. އަދި ރަށުގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އެމަނިކުފާނަށް ހުށަހެޅި ކަންބޮޑުވުންތައް ފާހަގަކުރެއްވި އެވެ.

މާޅޮހަކީ ވެސް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށަކަށް ވާތީ، ރައީސް ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއެއް އިއުލާނު ކުރައްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށެވެ.

ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށް ގެންދިއުމަށް ގަސްދު ކުރާ ޕްރޮޖެކްޓުތަކަކީ، ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން ހިދުމަތް ދިނުމުގ ބޭނުމުގައި ކުރިޔަށް ގެންދާނެ މަޝްރޫއުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށުގެ އިގްތިސާދީ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައި ފުޅާދާއިރާއެއްގައި ކުރެވިދާނެ މަސައްކަތްތައް އެބަހުއްޓެވެ.

އެގޮތުން އޮގަސްޓު 6 ގައި މި ސަރުކާރުން އއ. ރަންފަރު ފަޅަކީ މާޅޮހުގެ ބައެއްކަމުގައި ކަނޑައަޅުއްވާފައި ވާތީ އެކަން ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ގާތަށް ވީހާވެސް ގިނައިން ދަތުރު ކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތްކަމުގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: