އއ. މާޅޮހުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އއ. މާޅޮހުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ، އެގްޒިމް ބޭންކު އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން، މިނިސްޓްީ އޮފް ކޮންސްޓަރަކްޝަނާއި ކަލްޕަތުރު ޕްރޮޖެކްޓްކސް އިންޓަރނޭޝަނަލް ލިމިޓެޑާއި ހަވާލުކޮށްގެން، ނިމުނު މަޝްރޫއެކެވެ. އެގޮތުން، މި މިޝްރޫއުގެ އަގަށް ބަލާއިރު، 49،301،404.33 ރުފިޔާ، މި މަަޝްރޫއަށް އަރައެވެ.
މި މަޝްރޫއުގެ ތެރެއިން،
- ބޯ ހޯލް އެޅުން
- ވާރޭ ފެން ރައްކާކުރާ ޓޭންކު އަދި ސްޓޯރޭޖް ޓޭންކު ބެހެއްޓުން
- އާރް-އޯ ޕްލާންޓު ގާއިމުކުރުން
- ލެބޯރެޓްރީ ހިމެނޭނެހެން ސޯލާ ޕެނަލް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިންގ ބަހައްޓައި ދިނުން
- ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުން
- މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުން
- ސީ އައުޓް ފޯލް އެޅުން
- ފޭބީސީތަކާޢި ނަރުދަމާ ނިޒާމު ގުޅުމަށްޓަކައި، ކެޗްޕިޓް ގޭސީބީތަކާއި އެހެނިހެން އިމާރާތްތަކުގައި ބެހެއްޓުން ހިމެނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މާޅޮހުގެގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި، މުޅި ރާއްޖޭގެ ބޮޑު އިންސައްތައަކަށް ކުރިމަތިވެފައިވާ، ނަރުދަމާ ނިޒާމުގެ މައްސަލައަށް ފުރިހަމަ ހައްލަކާއި ހަމަޔަށް ވާސިލުވުމަށް ކައިރިވެގެންދާނެއެވެ.

