ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ކައުންސިލްތަކަށް ގެއްލުން ދިންކަމަށް ބުނެ އެމްޑީޕީއަށް ވާހަކައެއް ނުދެއްކޭނެ: ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެއްލުންތައް ދީ، ކައުންސިލްތަކުގެ ބާރު ކަނޑުވާލިކަމަށް ބުނެ އެއްވެސް ވާހަކައެއް ދެއްކުމުގެ ހައްގެއް އެމްޑީޕީއަށް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ އިސް ވަޒީރުންނާއި ކުންފުނިތަކުގެ އިސް ވެރިންނާއި އެކު ހުންނެވީ އއ. އަތޮޅުގަ އެވެ. އެގޮތުން މިރޭގެ ބޮޑު ޖަލްސާ ކުރިޔަށް ގެންދިޔަ މަތިވެރީގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބައަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

އއ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް ނެތުމާއި އެކު، ރައީސް ވަނީ ރަށުގައި އެއާޕޯޓެއް ގާއިމުކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން އެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލިކޮށްފައިވާއިރު މިއީ ރައްޔިތުންނަށް ލިބޭ ކާމިޔާބީއެއްކަމަށް ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި މެދު ޝައްކު އުފައްދައި ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް ރައްޔިތުން ތިބީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި މެދު ހިތްހަމަޖެހިފައި ކަމަށެވެ. އެކަން އެންމެ ރަނގަޅަށް އެނގިގެން ދަނީ މަޖިލިސް އިންތިހާބު ހިމެނޭ ގޮތަށް ނިމިދިޔަ އެކި ބައި އިލެކްޝަންގެ ނަތީޖާތަކުންކަމަށް ޒަރީރު ވިދާޅުވި އެވެ.

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރާތީ އެކަމަށް ރައްދު ދެއްވައި ޒަރީރު ވަނީ އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތައް ބާރުވެރި ކުރުމަށް ކުރި މަސައްކަތްތަކާއި މެދު ސުވާލު އުފައްދާފަ އެވެ. އެއް މިސާލެއްގެ ގޮތުން ޒަރީރު ދެއްކެވީ އޭރު ގާނޫނާއި ހިލާފަށް އެމްޑީޕީގެ ސަރުކާރުން ނިންމި ނިންމުމެއްގެ މައްސަލަ، އޭނާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިއަށް ހުށަހެޅުމުން އެ މައްސަލަ ކުރިޔަށް ގެންގޮސްފައި ނުވުމެވެ.

ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން އެކަމެއް ގަބޫލެއް ނުކުރާނެ.. ކޮން ކައުންސިލެއްގެ ވާހަކައެއްތޯ، ކޮން ކައުންސިލެއްގެ ބާރު ނަގާ ވާހަކައެއްތޯ..

ޒަރީރު ވިދާޅުވީ އޭނާ އަބަދުވެސް މަސައްކަތް ކުރީ ދާއިރާގެ ރައްޔިތުންގެ ހައްގުގައިކަމަށާއި، މަސްއޫލިއްޔަތު އޭނާއަށް އަދާ ނުކުރެވޭ ނަމަ ރައްޔިތުން އިތުރު ދައުރަކަށް އައްޔަނު ނުކުރީސް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: