ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދާއި އެއްގޮތަށް މަތިވެރިއަށް އެއާޕޯޓެއް، 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ!

ރައީސުލްޖުމްހޫެެރިއްޔާ އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުފުފުޅުގެ ތެރެއިން މަތިވެރި ކައުންސިލާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަތިވެރީގައި ގާއިމު ކުރުމަށް ނިންމައި ހަވާލު ކުރި އެއާޕޯޓުގެ މަޝްރޫއު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާލެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭގެ ބޮޑު ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ މަތީވެރީގަ އެވެ. ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ފަހުން އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނަށްވީ ވައުދުތައް ފުއްދައިދެވި އެ މަސައްކަތް ފެށިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަޑައިގެން ރައީސް މުއިއްޒު މަތިވެރިއަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ މަތިވެރީގައި އެއާޕޯޓެއް ގާއިމު ކުރުމެވެ. އެގޮތުން މަތިވެރީގެ ބިން ހިއްކައި އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓުކޮށް ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ހަވާލުކޮށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި މަޝްރޫއަކީ ރިޔާސީ އިންތިހާބުގައި ވެސް އަދި އޭގެ ފަހުން ވެސް ރައީސް މަތިވެރިއަށް ވަޑައިގެން ރަށުގެ ރައްޔިތުންނަށްވީ ވައުދެކެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓް ތަރައްގީ ކުރުމަށް ރާއްޖޭގެ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އޭސީއެލް) އާ ވަނީ ހަވާލުކުރެވިފައެވެ. މި އެއާޕޯޓަކީ، ފުރިހަމައަށް ފީޒިބަލް ޕްރޮޖެކްޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގައި ރަށާއި ގުޅިގެން، ރަށުގެ އެކިއެކި ތަރައްގީގެ ކަންކަމަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ 27.5 ހެކްޓަރުގެ ބިމާ އެކު އެއާޕޯޓް ތަރައްގީ ކުރެވޭނެއެވެ. ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ މަތިވެރީގެ ތަރައްގީއަށާއި ދާއިރާއާއި މި އަތޮޅަށް، އަދި ހާއްސަކޮށް ޖުމުލަކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ވަރަށް ފައިދާހުރި މަޝްރޫއަކަށް ވާނެކަމަށެވެ.

މިއީ ބިން ހިއްކުމާއި، އޭގެ އިތުރަށް ކުރަންޖެހޭ ހުރިހާ އިންފްރާސްޓްރަކްޗަރ މަސައްކަތްތަކާއި، އެއާޕޯޓަށް ބޭނުންވާ ރަންވޭއާއި، ޓާމިނަލްތަކާއި، ހުރިހާ އިމާރާތްތަކެއް ހިމެނޭ ފުރިހަމަ ޕްރޮޖެކްޓެއްކަމަށް ރައީސް ވިދާޅުވިއެވެ.\

އެއަރޕޯޓްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: