ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުގެ ލިސްޓު އެބައޮތް، ހުރިހާ ވައުދެއް މި ދައުރުގައި ފުއްދާނަން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ނޫން އެހެން އެއްވެސް މަގްސަދެއް ސަރުކާރަކަށް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ މަތިވެރީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެއްވެސް ވައުދެއް ދޫކޮށްނުލައި ހުރިހާކަމެއް ވެސް އެމަނިކުފާނު އެންމެ ފުރިހަމައަށް ކުރިޔަށް ގެންދެވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އެންމެ ވައުދެއްވެސް ދޫކޮށްނުލައި ހުރިހާ ވަޢުދެއް ފުރިހަމަކޮށް ނިންމާލުމެވެ.

ރައީސް ވިދާޅުވީ އެއީ ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ. އަދި އަބަދުވެސް އެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެކަމުގައި ވިދާޅުވި އެވެ، ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެސް، އަދި އެއަށްފަހު ވެސް ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ވީވައުދުތައް ފުއްދުމަށްޓަކައި މުޅި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ގުޅިގެން މަސައްކަތް ކުރަމުން ދަނީ ވައުދުތައް ފުއްދުމަށް ކަމަށެވެ. މިހާރު ވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މަސައްކަތްތައް ފެށި، ނިމެމުން ދާކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ހަމަ ވައުދު ލިސްޓު ނަގައިގެން ވައުދު ފުއްދުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް އިރާދަކުރެއްވީތީ އެއްވެސް ޝައްކެއްނެތި އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑު ވީ ހުރިހާ ވައުދެއް މި ދައުރުގެ ތެރޭގައި ފުއްދާ ނިންމާނަން

ސަރުކާރުން މަސައްކަތް ކުރަނީ ވަރަށް ސީރިއަސްކަމާއި އިހުލާސްތެރިކަމާއި ހެޔޮ ނިޔަތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ނޫން އެހެން އެއްވެސް މަގްސަދެއް ސަރުކާރަކަށް ނޯންނާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނާ ގާތަށް ވަޑައިގެން، ރައްޔިތުންގެ ކަންކަން ގާތުން އަޑުއަހައިގެން ސީދާ އެގޮތަށް ކަންކަން ކޮށްދޭން ޖެހޭކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ސީދާ ބޭނުންވާ ގޮތަށް ކޮށްދެވޭ ކަމުގެ ޔަގީންކަން ލިބި، ކަންކަން އަވަސްވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކަމާބެހޭ ހުރިހާ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ގޮސް، އެރަށެއްގެ ހުރިހާ މުއައްސަސާއެއްގެ ވެރިންނާއެކީ ބައްދަލުކުރުމުން ވަރަށް ގިނަ ކަންކަން ހާސިލްވާ ކަމަށެވެ. އެގޮތުން، މާލެއަށް ގިނަ ސިޓީތައް ފޮނުވައި، ޖަވާބު ހޯދަން ގުޅުމާއި، ކައުންސިލްތަކުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، އެއް ބައްދަލުވުމަކުން އެންމެން ގުޅިގެން ކަންކަން ނިންމާލެވޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: