ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޓް ކުރާ ބިލާއި ގުޅިގެން އެމްއެމްސީން ރައީސް އާއި ބައްދަލުކުރުމަށް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓް ކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ހިއްސާކުރުމަށް އެޕޮއިންޓްމެންޓަކަށް އެދުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

އެމްއެމްސީން ނެރުނު ބަޔާނުގައި ވަނީ އެ ކައުންސިލްގެ ބައްދަލުވުމުގައި މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅޭގޮތުން ނިންމި ނިންމުންތައް ހާމަކޮށްފައެވެ. އެމްއެމްސީން ބުނީ އެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބިލާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މެންބަރުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ބިލާ ގުޅޭ ގޮތުން ގިނަ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ކަމަށެވެ.

އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގިނަ މާއްދާތައް ހިމެނިފައި ހުރިކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއެމްސީން ބުނެފައިވަނީ ބިލު ފަރުމާކޮށްފައި އޮތީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، އާ ބިލުގެ ތެރެއިން ބްރޯޑްކާސްޓަރުން/ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ހައްގުތައް މަސްހުނިވެ، ޕްރިންޓް އަދި އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަކަށް ހިޔަނި އެޅިފައިވާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.

އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ އެއްވެސް ވަރަކަށް ކައުންސިލާއި ނޫސްވެރިންނާ ވެސް މަޝްވާރާނުކޮށް މަޖިލީހަށް ވައްދާފައިވާ މި ބިލަށް އިތުރު ހިޔާލުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މަޖިލީހުން މުޅި ބިލު ބަލައިނުގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާ ކަމަށެވެ.

ބިލާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކީ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ކައުންސިލް މެންބަރުންގެ މެދުގައި ވޯކިން ގްރޫޕެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ. ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުމަށް ނިންމާފައިވާ ކަމަށް އެމްއެމްސީން ވަނީ ނިންމާފައެވެ.

ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް އަދި މިނިވަން ނޫސްވެރިކަމެއްގެ މުހިންމުކަމާއި ގުޅޭ ޕޯސްޓުތައް ތައްޔާރުކޮށް ކައުންސިލްގެ ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: