ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފި

ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ތާޖުއްދީން ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހު ބޭއްވި މި ސެޝަނަކީ މާފަންނު ޕޮލިހުގެ ނެއިބަހުޑް ސަޕޯޓާއި ސައިބަރ ކްރައިމް ސެންޓަރު އަދި ތާޖުއްދީން ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ސެޝަނުގައި އިންޓަނެޓް ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. މިގޮތުން މައިންބަފައިންގެ ބެލުމުގެ ދަށުން އިންޓަނެޓް ބޭނުންކުރުމަކީ އެންމެ ރައްކާތެރި ގޮތްކަން ފާހަގަކޮށްފައިވެއެވެ. އަދި އިންޓަނެޓުން ބައްދަލުވާ ނުދަންނަ ފަރާތްތަކަށް އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާނުކުރުމަށާއި، އެފަދަ ފަރާތްތަކާ މުއާމަލާތް ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ސެޝަނުގައި އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ބާވަތުގެ ކުށްތަކާއި، އެފަދަ ކުށްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ދަރިވަރުންނާ ހިއްސާކޮށްފައިވެއެވެ. ”ސޯޝަލް މީޑިއާގައި ވެސް އެހެން މީހުންނަށް އިހުތިރާމުކުރުމަށާއި، އެހެން މީހުންގެ އަގު ވައްޓާލައި މަލާމާތްކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ވަރަށް ބޮޑަށް އިރުޝާދު ދެވުނު“ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރުއަޅައި، ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން މައުލޫމާތު އިތުރުކުރުމަށް އިންޓަނެޓް ބޭނުންކުރުމަށް ވަނީ ހިތްވަރުދީފައެވެ. އަދި އާއިލާއާއި ގައުމަށް ފައިދާހުރި ގޮތެއްގައި އިންޓަނެޓުގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ފުލުހުންގެ ފަރާތުން މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގަވާއިދުން ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ މަޤްޞަދަކީ ސްކޫލު ދަރިވަރުން އެކިއެކި ކުށްތަކުން ރައްކާތެރިކުރުވައި، ދިރިއުޅުމުގެ މުހިންމު ކަންކަމަށް ހޭލުންތެރިކުރުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: