ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލާ ގުޅިގެން ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ހައްޔަރުކުރި އާނިމް ދޫކޮށްލައި

މައްސަލާގައި ހައްޔަރުކުރި އާނިމް.-- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރާ ފަރާތްތަކުން ހަަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އަލީ އާނިމް މުފީދު ބަންދުން ދޫކޮށްލައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އައްޑޫ ހިތަދޫ – އަތަމާވިލާ، އާނިމް ހައްޔަރު ކުރީ  މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހްތިޖާޖް ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ”އެކްސް“ ގައި ޕޯސްޓްތަކެއް ކުރި މައްސަލައިގަ އެވެ.

އާނިމް ހައްޔަރު ކުރުމުން ގިނަ ބަޔަކު އޭނާ ދޫކޮށްލުމަށް ގޮވާލައި، ކެމްޕެއިނެއް ވެސް ހިންގި އެވެ. އެއީ ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލެއްގެ ސަބަބުން ހައްޔަރު ކުރާކަމަށް ބުނެ އެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރުއެވެ. މި ބިލުގައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.

ބިލުގެ ފުރަތަމަ ކިޔުން އިއްވައި މަޖިލީހުގައި ބަހުސް ފެށިއިރު، ބިލުގައި ބަޔާންކުރާ ކަންތައްތަކާ ގުޅިގެން ނޫސްވެރިން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. މައްސަލައިގައި ބައެއް ނޫސްވެރިން ވަނީ މަޖިލީހާއި މަޖިލިސް ބޭރުގައި ވެސް އިހުތިޖާޖުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: