ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ފައިދާއަށް ކުރާ ކޮންމެ މަސައްކަތަކާއި ދެކޮޅަށް އެމްޑީޕީ ތެދުވޭ: އައިފާން

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބޭނުންވާ ގޮތަށް ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރަން ފެށުމާއި އެކު އިދިކޮޅު އެމްޑީޕީ އަބަދުވެސް އެކަމަކާއި ދެކޮޅަށް ތެދުވެ ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރާކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ،

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އައިފާން ވިދާޅުވީ ކައުންސިލްތަކުގެ މިހާރުގެ ނިޒާމަކީ ރައްޔިތުންނަށް އެންމެ ފައިދާކުރާނެ ގޮތެއް ނޫން ކަމަށެވެ. އައިފާން ވިދާޅުވީ ސަރުކާރުން ކުރަމުން ދަނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭކާރުކުރުމާއި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމުގެ މަސައްކަތް ކަމަށެވެ.

އައިފާން ވިދާޅުވި ގޮތުގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަކީ، ކައުންސިލަށް އިންތިހާބުވުމަށް ފަހު ކައުންސިލަރުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނެ މަގު ތަނަވަސްވެފައި އޮތް ގޮތެކެވެ. އެހެންނަމަވެސް، މިއީ ކަން ހިނގައިގެންވާނެ ގޮތެއް ނޫންކަމަށް ފާހަގަކޮށް އައިފާން ވިދާޅުވީ މަސައްކަތްތައް ކުރިޔަށް ގެންދަން ޖެހޭނީ ވަކި އުސޫލަކާއި ހަމަތަކެއްގެ މަތީން ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ހަރަދުކުރާ ދޮރުތައް ބަންދުކުރުމާއި، ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދުކުރުން ހިމެނޭކަމަށް އައިފާން ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ ބިންތައް ބޭނުންވާ ގޮތަކަށް ބަހާލައި، ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ވެސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އައިފާން ވިދާޅުވިއެވެ.

އައިފާން ވަނީ ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ކުރާ މަސައްކަތްތަކަށް އިދިކޮޅުން ދެކޮޅު ހަދާތީ އެކަމަށް ސުވާލު އުފައްދާފަ އެވެ. އައިފާން ވިދާޅުވީ މިކަމުގެ ސަބަބުން ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގެ ދޮރުތައް ބަންދުވެގެންދާކަން އެމްޑީޕީއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

މިއަދު އޮތީ ކައުންސިލަށް އިންތިހާބުވުމަށް ފަހު ކައުންސިލަރު ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނެ ގޮތަށް އޮތީ ކަންތައް އެ ނިޒާމު ނައްތާލަނީ މިއަދު.. ހަމައެކަނި އެ ނިޒާމު ނައްތާލަނީ.. ރައްޔިތުންގެ ފައިސާ ބޭކާރު ގަތުމަށް ނަހަމަ ގޮތުގައި ހަރަދުކުރާ ދޮރުތައް ބަންދު މި ކުރަނީ. ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދު މި ކުރަނީ… ރައްޔިތުންގެ ބިންތައް ބޭނުންވާ ގޮތަކަށް ބަހާލުން ހުއްޓުވަނީ… މިއީ މި ކުރަމުންދާ މަސައްކަތަކީ.. މިކަން ކުރާތީ މިކަން ކުރިއަށް ނުދޭން ވެގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އެއީ..

އައިފާން ވިދާޅުވީ ދައުލަތުގެ ބޮޑު ދަރަނީގެ ސަބަބުން މި ސަރުކާރުގެ މަޝްރޫއުތަކަށް ދިމާވާ ގޮންޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރު ކަމަށެވެ. މި ސަރުކާރަށް ދެ އަހަރުވަމުންދާއިރު މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ފާޑުކިއުން އަމާޒުވެއެވެ. ސަރުކާރުން ބުނަނީ، ކުރީގެ ސަރުކާރުން ދޫކޮށްފައި ދިޔަ ބޮޑު ދަރަނީގެ ސަބަބުން މި ސަރުކާރަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖެއިން 1 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހޭނެކަންވެސް ފާހަގަކުރެ އެވެ.

އައިފާން ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ނުގެންދާކަމަށް އިދިކޮޅުން ބުނަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ދަތިތަކުން އަރައިގަނެވިފައިވީ ނަމަވެސް، މަޝްރޫއުތައް ބޭނުންވާ ހަލުވިކަމުގައި ކުރިއަށް ނުގެންދެވޭ ކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ކަމަށް އައިފާން ވަނީ ހާމަކުރައްވާފައެވެ.

އައިފާން ތުހުމަތު ކުރެއްވީ، ރިޔާސީ އިންތިހާބުގައި ވޯޓު ހޯދުމުގެ ބޭނުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައިސާ ޗާޕުކޮށް، އެތައް ބަޔަކަށް ނުހައްގު މަންފާ ހޯދައިދެއްވި ކަމަށާއި، ބަޖެޓުގައި ނެތް އެތައް މަޝްރޫއެއް އިއުލާނު ކުރެއްވި ކަމަށެވެ. އައިފާން ވިދާޅުވި ގޮތުގައި އެމްޑީޕީ މިކަންކަން ކުރީ ދުރު ރާސްތާގެ އެއްވެސް ޕްލޭނެއް ނެތި، ދައުލަތަށް ވަންނަ އާމްދަނީއަކާ ގުޅުމެއް ނެތި އެވެ. އިންތިހާބަށް އަމާޒުކޮށް ރައްޔިތުންގެ ފައިސާ މިސްމެނޭޖު ކުރުމުގެ ނަތީޖާއަކީ މިއަދު އިގްތިސާދު ހަލާކުވެފައިވުން ކަމަށާއި، ދިވެހިރާއްޖެއަށް ދިމާވެފައިވާ ކޮންމެ އިގްތިސާދީ ގެއްލުމެއްގެ ޒިންމާ އެމްޑީޕީ ނަގަން ޖެހޭނެކަމަށް އައިފާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: