ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގެއްކޮށް ޝަރީއަތެއް ނުކުރިޔަސް އެމްޑީޕީގެ ކޮރަޕްޝަން އޮތީ ހާމައަށް ފެންނާން: ސައްތާރު

ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ދަތިތަކަކީ، ކުރީ ސަރުކާރުތަކުގެ ހިނގި ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ކުރިމަތިވަމުން ދާ އުނދަގޫތައްކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ މިހާރު ވެރިކަމަށް އައި ސަރުކާރަކީ، އަދުލުއިންސާފު ގާއިމުކޮށް، ރާއްޖެ ތަރައްގީކޮށް، ކޮރަޕްޝަން ބަލައި ފިޔަވަޅު އަޅަން އައި ސަރުކާރެއް ކަމަށެވެ.
ސައްތާރުގެ ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ތެރެއިން ގިނަ ބަޔަކު ސުވާލު އުފައްދަނީ، ހިޔާނާތްތަކެއް ހިނގާފައިވާ ނަމަ، އެކަންކަން ކުރި ފަރާތްތައް ހައްޔަރުކޮށް، ޝަރުއީ ނިޒާމުގެ ތެރެއިން އަދަބު ދިނުމަށް ގޮވާލަ އެވެ.

ސައްތާރު ވިދާޅުވީ، މިފަދަ ހުރިހާ ކަމަކީ ހިތަށް އެރިހާ ގޮތަކަށް ”ގޮންޖަހައި“ ނުވަތަ ވަގުތުން އިސްލާހު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. މިކަމަށް މިސާލެއް ދެއްވައި ސައްތާރު ވިދާޅުވީ، ކުންފުންޏަކަށް އައު އިސްވެރިއެއް އައިސް ކަންކަން ހިނގާފައިވާ ގޮތް ބަލާއިރު، އެތަނުގެ ދަރަނިތަކާއި، ފައިސާ ދޫކޮށްފައި ހުރި ނަމަވެސް، އެ ފައިސާއާ އެއްވަރަށް ހިދުމަތެއް ލިބިފައި ނުވާނަމަ، އެއީ ހިޔާނާތެއްކަން ހާމަވާނެ ކަމަށެވެ. އަދި އެއީ ކޮންމެހެން ތަހުގީގެއް ނުވަތަ ޝަރީއަތެއް ހިންގުމެއް ނެތިވެސް ހާމައަށް ފެންނާން ހުންނާނެކަންތައްކަމުގައި ސައްތާރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ބޮޑެތި ހަރަދުތައްކޮށް، ރަށްތަކަށް ހިދުމަތް ދިނުމުގެ ނަމުގައި އެކި ސާމާނުތައް ފޮނުވިއިރު އެއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ދައްކާފައި ނުވާކަން ސައްތާރު ފާހަގަކުރެއެްވި އެވެ. ނުވަތަ ފައިސާ ހަރަދު ކުރުމަށް ފަހު ރަށްތަކަށް ބޭނުންވާ ހިދުމަތްތަކާއި ގުޅުން ހުރި ސާމާނު ފޮނުވާފައި ނުވާއިރު އޭގެ ތެރޭގައި ސިއްހީ ހިދުމަތްތައް ދިނުމުގެ އިކުއިޕްމަންޓާއި، އެމްބިއުލާންސް ފަދަ ތަކެތި ހިމެނޭކަމަށް ސައްތާރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ، ނަތީޖާއެއްގެ ގޮތުން އެ ފައިސާތައް ދައްކަން ޖެހުނީ މމި ސަރުކާރުން ކަމަށެވެ. މިއީ މާޒީގެ ނިންމުންތަކާއި މަސައްކަތްތަކުގެ ސަބަބުން، މި ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެއް ކަންތައްކަމަށް ސައްތާރު ވިދާޅުވި އެވެ.

އަނެއްކާ އެ ކުރެއްވި މަސައްކަތްތަކުގެ ފަހަތުގައި ވެސް އޮތީ އިންތިހާއަށް ކޮރަޕްޝަނޭ.. ހިޔާނާތޭ އިނގޭތޯ.. އޭގެ ސަބަބުންނޭ ދެން މިހިރަ ދަތިތައް އަންނަނީ.. ދެން މި ވާހަކަ ދެއްކީމާ ބުނާނީ ހިޔާނާތް އޮތިއްޔާ އެ ވައްކަން ކުރި ބަޔަކު ހިފައި ހައްޔަރުކޮށް އަދަބު ދޭންވީ ނޫންހޭ.. ހައްޔަރު ކުރަންވީ ނޫންހޭ.. ޝަރުއީ ނިޒާމުގެ ތެރެއިން އެކަންކަން ތަހުގީގު ކުރަން ވީނުންހޭ.. ކަލޭމެން އައީ އެކަން ކުރާކަށް ނޫންހޭ.. އެ ހުރިހާ ކަމެއް ވެސް ކުރަން އައީ.. އަދުލު އިންސާފު ވެސް ގާއިމުކުރަން އިނގޭތޯ، ރާއްޖެ ތަރައްގީ ވެސް ކުރަން އައީ.. އެ ކަންކަން ބަލައި ފިޔަވަޅުތައް ވެސް އަޅަން އައީ.. އެހެންނަމަވެސް އަޅުގަނޑަށް އެނގޭ.. އެހެން ހުންނަ ހުރިހާ ކަމަކީ އެ ވިދާޅުވާ ގޮތަށް ގޮންޖަހާފައި އެ ވިދާޅުވާ އުސޫލުން ކުއްލިއަކަށް އިސްލާހު ކުރެވޭނެ ކަންކަމެއް ނޫން

ސައްތާރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ގައުމުގެ ހައްގުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަމަށާއި އަދި އާމްދަނީއެއް ލިބޭނެ އެއްވެސް ވަސީލަތެއް ވެސް ހޯދާފައި ނެތްކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށާއި، ޕާޓީގެ އެތެރޭގެ އެކި އިންތިހާބުތަކާއި ދިމާކޮށް އަމިއްލަ މަންފާއަށްޓަކައި އެކި ނިންމުންތައް ނިންމާފައި ހުރިކަމަށް ސައްތާރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ނަމުގައި ފައިސާ ދޫކުރުމާއި، އެކި ކުންފުނިތަކަށް ނު އަގުގައި މަޝްރޫއުތައް ހަވާލު ކުރުން ހިމެނޭކަމަށް ސައްތާރު ވަނީ ވިދާޅުވެފަ އެވެ.

ސައްތާރު އިތުރަށް ވިދާޅުވީ، އަތޮޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ކޮންމެ ދަތުރެއްވެސް ގުޅިފައިވަނީ ތަރައްގީއާއި ކަމަށެވެ. އަދި އަހަރުތަކެއް ވަންދެން އެ ރަށްރަށުގައި ގާއިމުނުވެ ހުރި ހިދުމަތްތައް އިފްތިތާހު ކުރެވި، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: