ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިހެނުންނަށް ގެވެށި އަނިޔާކޮށްގެން 34% މައްސަލަ މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހެޅި!

ފެމިލީ ކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ޖުލައި މަހު ގެވެށި އަނިޔާއާ ގުޅޭ 9 މައްސަލަ ހުށަހެޅިފައިވާކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ ނިމިދިޔަ ޖުލައި މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ގެވެށި އަނިޔާއާ ގުޅޭ 9 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 7 މައްސަލައެއްގައި ރައްކާތެރި ކުރުމުގެ އަމުރުތައް ވަނީ ނެރެދީފައެވެ. އަދި އޭގެ ތެރެއިން 3 މައްސަލައެއް ބާތިލުކޮށްފައިވެއެވެ.

ފެމިލީ ކޯޓުން މައުލޫމާތު ދޭ ގޮތުގައި ޖުލައި މަހު ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން 66 އިންސައްތަ މައްސަލައަކީ އަންހެނުން ހުށަހަޅާފައިވާ މައްސަލަތަކެވެ. ބާކީ 34 އިންސައްތަ މައްސަލައަކީ ފިރިހެނުންނަށް ގެވެށި އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލައެވެ.

މީގެ އިތުރުން، ވަރި ކައިވެނީގެ ތަފާސްހިސާބުވެސް ފެމިލީ ކޯޓުން ވަނީ އާންމުކޮށްފައެވެ. އެގޮތުން ޖުލައި މަހު 239 ކައިވެނި ކޮށްފައިވާއިރު، 147 ވަރި މި މުއްދަތުގެ ތެރޭގައި ކޮށްފައިވެއެވެ.

ހަމައެއާއެކު، ފެމިލީ ކޯޓުން މި މުއްދަތުގެ ތެރޭގައި ވަލީ ހޯދުމާއި، ސުލްޙަ ކުރުމާއި، މަރު ސާބިތު ކުރުމާއި، ބެލެނިވެރިކަމާއި، ޙުކުމް ތަންފީޒު ކުރުމާ ގުޅޭ މައްސަލަތަކެއްވެސް ނިންމާފައިވެއެވެ.

މީގެ އިތުރުން ޚަރަދު ދިނުމާ ގުޅޭ 11 މައްސަލައެއްވެސް މި މުއްދަތުގެ ތެރޭގައި ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: