ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން 30 ދަރަޖައަށް ފަހަތަށް ދާނެ: ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުން އިބްރާހީމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓަރީ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން 30 ދަރަޖައަށް ފަހަތަށް ދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ މީޑިއާ ރެގިއުލޭޓަރީ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ނާޒިލް ވިދާޅުވީ، މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައްވާ ކަމަށާއި، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ބިލެއް ކަމަށެވެ. އަދި ވިދާޅުވީ، މި ބިލާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 30 ދަރަޖަ ދަށަށް ދާނެ ކަމަށެވެ.

ދެންމެ ޕީއެންސީ މެމްބަރަކު ވިދާޅުވެއްޖެ ނޫސްވެރިކަމުގެ މިނިވަންކަން ދެ ދަރަޖަ މަތިވެއްޖެއޭ، މި ބިލާއެކު، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 30 ދަރަޖަ ދަށަށް ދާނެ

ނާޒިލް ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކުރާ އުސޫލުގެ ވާހަކަ ޕީއެންސީގެ މެމްބަރުން ދައްކަވާ ކަމަށާއި، ނަމަވެސް މި ބިލުގެ ސަބަބުން މީޑިއާތަކުގެ ކޮންޓްރޯލް ދާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ކަމަށެވެ.

ނާޒިލް ވަނީ މީޑިއާތަކުން މި ބިލާމެދު ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މީޑިއާތަކުންވެސް މި ބިލު ބޭރު ކުރުމަށް ގޮވާލެއްވުމަށް ނާޒިލް ވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: