ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުމުންދޫގެ ޒަމާންވީ ބަނދަރުގެ މައްސަލަ؛ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެކު ހައްލަކާއި ދިމާލަށް

ހދ. އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން ރައީސް މުެއިއްޒު ކުމުންދޫއަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުމުންދޫގެ ބަނދަރުގެ މައްސަލަ ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް އިރު، މި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް މި ސަރުކާރުން ހައްލުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ، ކުމުންދޫ އަށެވެ. ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކުމުންދޫގެ ބަނދަރުގެ މައްސަލަ ހައްލު ނުވެ އޮތްކަން އެމަނިކުފާނުގެ ހައުސިން މިނިސްޓަރުކަމުގައި ވެސް އޮތީ ފާހަގަކުރެވިފައި ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން މިއަދު ވެސް ރައްޔިތުން އުފުލަން ޖެހޭ ދަތިތަކަށް ނުމެއް ގެނެވިފައި ނުވުމަކީ ކަންބޮޑުވުމެއްކަމުގައި ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ރަށުގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމެވެ. އަދި މަޝްރޫއުގެ ވަށައިގެން ވެސް ހައްލު ކުރަން ޖެހޭ ގިނަ ކަންކަން ހައްލުވާނެކަމުގައި ރައީސް ވިދާޅުވި އެވެ.

ކުމުންދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމުގެ މަސައްކަތް މިއަދުގެ ރަސްމިއްޔާތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ވަނީ ހަވާލުކޮށްފަ އެވެ. މި މަސައްކަތް ވެސް ނިމިގެން ދިއުމާއި އެކު ދަރިވަރުންނާއި، މުދައްރިސުންނަށް ވަރަށް ގިނަ ގޮތްގޮތުން ފަސޭހަތަކެއް ވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގެ އިތުރު މަސައްކަތެއްގެ ގޮތުގައި ދެން ރައީސް ފާހަގަކުރެއްވީ ފުޓުބޯޅަ ދަނޑުގެ މަސައްކަތެވެ. އަދި އެ މަސައްކަތާއި ގުޅުން ހުރި ބައިތައް، ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. އެއާއި އެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދެ އަަހަރަށް ބަހާލައިގެން ހޭންޑް ބޯލް ކޯޓެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު އެ ޕްރޮޖެކްޓު އެގޮތުގެ މަތީން ކުމުންދޫގައި ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޮތުގައި ސަރުކާރުން މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ރައްޔިތުން އެންމެ ބޭނުން ވަނީ ކޮން ކަމަކަށްތޯ ބަލައި އެވެ. އެގޮތުން އޭގެ ތެރޭގައި ބަނދަރުގެ މައްސަލައާއި އެކު ދެން އޮތީ ކަރަންޓުގެ މައްސަލަކަަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މިފަދަ މައްސަލަތައް ވެސް އިސްކަން ދީގެން އެ ހުރިހާކަމެއް ވެސް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: