ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯދަން ޝައުގުވެރިކަން ފާޅުކުރަން ހުށަހެޅުމަށް ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށްޓަކައި ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި އެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީ ކައުންސިލްތިހާބަށް ވާން ޖެހޭ ތައްޔާރީތައް ފަށައި، ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ވަނީ ވޯޓު ލުމާއި ހަމައަށް މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލާފަ އެވެ.

އެމްޑީޕީ ބުނީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އަންނަ މަހުގެ 30 ގެ ނިޔަލަށް ޝައުގުވެރިކަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޕްރައިމެރީގައި ވާދަކުރެވޭނީ، ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކަށް އެކަނިކަމަށް އެމްޑީޕީން ބުންޏެވެ. ޕްރައިމެރީ ބާއްވާނެ ތާރީހާއި، ތަފްސީލުތައް ފަހުން އިއުލާނު ކުރާނެކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ޝަރުތުތައް؛

  • އެމްޑީޕީގެ މެމްބަރެއްކަމުގައިވުން
  • ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ގަނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އިންތިހާބުގައި ކުރިމަތިލާ ފަރާތެއްގައި ހުންނަން ޖެހޭނެކަމަށް ބަޔާން ކުރާ އެންމެހައި ޝަރުތުތައް ފުރިހަމަވުން
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގަވައިދުގެ 08 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭނެކަމަށް ބުނާ އެންމެހައި ޝަރުތުތައް ފުރިހަމަވުން

އެމްޑީޕީ ބުނި ގޮތުގައި ޝައުގުވެރިކަން ހުށަހަޅާ ޕާޓީގެ މެމްބަރުން ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް އެދޭކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ކުށާއި، ދަރަނީގެ ރެކޯޑު ސާފުކުރުމަށާއި އެ އިދާރާއިން ސާފުކޮށް ފުރިހަމަ ކުރުމަށް ފަހު ފޯމާއި އެކު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމާއި ގުޅޭ ޓައިމްލައިންއެއްގެ މަޝްވަރާތައް އެމްޑީޕީ ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އެ ބައްދަލުވުމުގައި ގައުމީ މަޖިލީހުން ނިންމީ ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު ހަމަވާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު ލިސްޓު އާންމު ކުރުމަށެވެ. އަދި އެއަށް ފަހު އެއް މަސް ދުވަހުގެ މުއްދަތަކަށް ވެޓިން ޕްރޮސެސް ކުރިޔަށް ގެންދިއުން ހިމެނެ އެވެ.

ޓައިމްލައިންގައިވާ ގޮތުން ޕްރައިމެރީއަށް ޝަރުތު ހަމަވާނީ ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. އެހެންކަމުން އޮކްޓޯބަރު މަހު ލިސްޓު އާންމު ކުރާއިރު، ޕްރޮގްރާމް ފުރިހަމަ ނުކުރާ ފަރާތްތަކުގެ ލިސްޓު އާންމު ކުރުމަށް ވެސް ނިންމާފައި ވެއެވެ.

އެއަށް ފަހު ފައިނަލް ލިސްޓު ނޮވެމްބަރު މަހު އާންމުކޮށް، އޭރު ނިންމާފައި ވަނީ އަންނަ އަހަރުގެ ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމަށެވެ.

މީގެއިތުރުން ކައުންސިލް ޕްރައިމެރީ އިންތިހާބުގައި ޒުވާނުންނަށް ފުރުސަތު ދިނުމާއި އެކު، ކައުންސިލަށް ވާދަ ކުރެވޭނެ ޝަރުރުތުތަކާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ޖިނާއި ކުށްތަކާއި، އެ ނޫން ވެސް އެކި ބާވަތްތަކުގެ ކުށްތަކަށް އަރައިގަނެފައިވާ ނުވަތަ ތުހުމަތު ކުރެވޭ މީހުންނަށް ވާދަ ނުކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: