ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އިތުބާރު ދެމިއޮންނާނީ ފުލުހުން ކުރާ ކަމެއްގެ މައްޗަށް: ނަވީން

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން ކުރާ ކޮންމެ ކަމަކުންވެސް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެ ނުވަތަ ގެއްލިދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

40 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ނަވީން ވިދާޅުވީ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށެވެ. އެއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއިއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްޖެ ނިޝާން ކަމަށް ނަވީން ފާހަގަކުރެއްވިއެވެ. އެ ނިޝާނަށް އަބަދުވެސް އިހުލާސްތެރިވާން ޖެހޭނެ ކަމަށާއި އެކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި ވަކި ފަރާތަކަށްނުޖެހުމާއި އަދި އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް ރައްޔިތުން އިތުބާރު ކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. ނަވީން ވިދާޅުވީ ފުލުހުން ކުރާ ކޮންމެ ކަމަކުންވެސް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވާނެ ކަމަށާއި ނުވަތަ ގެއްލިދާނެ ކަމަށެވެ.

”އެހެންކަމުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ފުލުހުން ވާން ވާނެ. މިރޭ ދަސްވެނިވާ ފުލުހުން. ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށް އަބަދުވެސް އިސްކަންދޭން ވާނެ. ގާތްކަން ބަހައްޓާއި ރައްޔިތުންގެ އިހުތިރާމް ހޯދަން މަސައްކަތް ކުރަންވާނެ. ރައްޔިތުން މުއާމަލާތު ކުރުމުގައި ކެތްތެރިކަމާއި އޯގާތެރިކަމާއި އަޅާލުމާއި އިންސާފުވެރިކަމުގެ މުހިންމުކަން ދެނެގަންނަން ވާނެ. މިއީ ފުލުހުންނަށް އަމާޒު ކުރެވިފައިވާ ފުލުހުންގެ މުހިންމު އެއް ބައި. ނުވަތަ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ މައިގަނޑު އެއް އަސާސް“

ނަވީން ވިދާޅުވީ ގާނޫނާއި ގަވާއިދުތަކަށް ބޯ ލަނބައި ގަޑިއަށް ފަރުވާތެރިވުށާއި، ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތަކަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ސިފަ ދައްކުވައިދޭ ކަންތައްތައް ކަމަށެވެ. ހަގީގީ ދުނިޔޭގެ ގޮންޖެހުންތަކަށް ފުލުހުން ވަނީ ތައްޔާރުވެފައި ކަމަށް ނަވީން ވިދާޅުވިއެވެ.

ކުށްކުރުމާއި މަސްތުވާއެއްޗިއްސާއި އިޖުތިމާއީ މައްސަލަތަކާއި ކުއްލި ހާލަތްތަކަށް ކުރިމަތިލާން ޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބެޖުގެ ޝަރަފާއި ދިވެހި ފުލުހުންގެ އިއްޒަތާއި ގަދަރު ހިފަހައްޓާނެ ކަމުގެ ޔަގީން އޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: