ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ޔުނިފޯމާއި އަބުރު ގަތުމަށް ބަޔަކަށް ފުރުސަތު ދީގެން ނުވާނެ: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ އަދި ހިދުމަތުގެ އަގު ވެއްޓިގެންދާފަދަ ކަމެއް ކުރުމަށް ފުލުހުންގެ ސަފުތަކުން އެ ޖާގަ ނުދިނުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ގޮވާލައްވައފިއެވެ. .

40 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ އެގައުމެއް ކުރިއަށް ދިއުމަށް އެގައުމެއްގައި އޮންނަންޖެހޭ މުހިންމު އަސާސްތަކެއް ހިފަހައްޓާ ހިދުމަތެއް ކަމަށެވެ. އެގޮތުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގައުމެއްގައި އޮންނަން ޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ އޮންނަނީ ފުލުހުންގެ ބޮލުގައި އެޅިފައި ކަމަށް އިހުސާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފުލުހުންނަކީވެސް މި ދިވެހިރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ މުދަލާއި ރައްޔިތުން އުޅޭ މާހައުލުގެ ރައްކާތެރިކަން އަދި ބޭރުފަރާތްތަކާއި ދިވެހިންގެ ތެރެއިން ރާއްޖެއަށް އިންވެސްޓުކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ، ވިޔަފާރިޔާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރާ ފަރާތްކަމަށް އިހުސާން ވިދާޅުވިއެވެ.

އެކަންކަން ނުބެލެހެއްޓޭނަމަ ރާއްޖޭގެ ކުރިއެރުމަށް އަސަރު ކުރާނެ ކަމަށާއި އަދި ރާއްޖޭގެ އިގްތިސޯދަށްވެސް އަސަރު ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ހިދުމަތް ފުރިހަމަ ގޮތުގައި ދީ އަދި ރައްޔިތުން ބަލައިގަންނަ ގޮތުގައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.

”އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަން ވާނީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ އަޅުގަނޑުމެން އެބަޔަކަށް އިހްތިރާމާއި ގަދަރުދޭ އެކުވެރިކަމާއިއެކު ހިނިތުންވާ ބަޔަކަށް. ކުށަށް އަރައިގަންނަ ހާލަތުގައިވެސް ގާނޫނާއި ހިލާފުވާ ހާލަތުގައިވެސް އެމީހާއަށް ލިބިގެންވާ އިންސާނީ ހައްގާއި ކަރާމާތާއި ކަންކަމަށް އިސްކަންދިނުމާއިއެކުގައި ދިވެހި ފުލުހުން، ފުލުހުންގެ ގާނޫނީ ދައުރު އަދާކުރަން ޖެހޭނެ“

އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދިވެހި ފުލުހުންގެ ހިދުމަތް ތަރުތީބު ކުރުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އިހުސާން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުން ގާއިމްވެ ތިބެ ހިދުމަތް ދެވޭނެ ގޮތަށް ޕްރޮޖެކްޓު ހިންގުމަކީ އޭގެ އެއް ނަތީޖާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: