ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިރިގިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ހަލީލު ތަހުނިޔާ ފޮނުއްވައިފި

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކިރިގިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ކިރިގިސްތާނުގެ ޚާރިޖީ ވަޒީރު ޒީންބެކް ކުލުބައޭވްއަށް މިނިސްޓަރ ހަލީލު ފޮނުއްވި މެސެޖުގައި، ކިރިގިސްތާނުގެ ޙާރިޖީ ވަޒީރަށާއި، ސަރުކާރުގެ އިތުރުން އެ ގައުމުގެ ރައްޔިުތންނަށް، ހެޔޮއެދުމާއި، ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި، އެ ތަހުނިޔާ، އެ ފަރާތަށް އަރިސްކުރައްވަން ލިބުނު ފުރުސަތަކީ، މިނިސްޓަރ ހަލީލަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.
އަދި ހަމައެއާއިއެކު، ދެ ގައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާއަށްޓަކައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، އެގޮތުގެ މަތިން ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އޮތްބަތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެެވެ
މީގެއިތުރުން، ކިރިގިސްތާނުގެ ހާރިޖި ވަޒީރަށް ދުޅަހެޔޮ ސިއްހަތަށް މިންވަރުކުރެއްވުމަށާއި، އެ ގައުމުގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރ ކުރިއެރުމާއި، އުފާ ފާގަތިކަން ލިބިގަތުމަށް، އެދޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ކިރިގިސްތާނުގެ ހާރިޖީ ވަޒީރަށް ކުރައްވާ އިހްތިރާމްގެ ޔަގީންކަންވެސް ވަނީ ދެއްވައިފައެވެ.

ދިވެހިރާއްޖެއާއި، ކިރިގިސްތާނުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އެންމެ ފުރަަތަމަ ގާއިމުކުރެވިގެންދިޔަތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. އެގޮތުން، 2019 އޮކްޓޯބަރު 1 ވަނަ ދުވަހުގައި، ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ރަސްމީކޮށް ގާއިމުކުރެވިގެންދިޔައިރު، ދެ ގައުމުން ދިން އެއްބާރުލުމުގެ ތެރޭގައި، ދެ ގައުމުގެ ރައްޔިތުންނަށް 30 ދުވަހަށް ހިލޭ ވިސާ ލިބޭނެ ފުރުސަތު ވަނީ ފަހިކުރެވިގެން ގޮަސްފައެވެ. މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: