ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުގެ ހާލަތަކީ ރައްޔިތުން ބޭނުންވާ ހާލަތު: މެމްބަރު ރޮޒެއިނާ

ފޯޓޯ:ސަން..މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މިގައުމަށް ގެނައި ހާލަތަކީ ރައްޔިތުންނަށް ހަމަ ނޭވާ ލެވޭ ހާލަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ”ދަވާލައިފި“ ނަމުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެ ޖަލްސާގައި ވަހާކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިރުމެއް އޮތިއްޔާ އުންމީދެއް އޮންނާނެ ކަމަށާއި، އަދި މިހާރު ގައުމަށް ދިމާވެފައިވާ ހާލަތު ބަދަލުކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ އެ ބަސްތަކަށް ރައްދު ދެއްވައި ރޮޒެއިނާ ވަނީ އެމަނިކުފާނު އެ އުޅުއްވަނީ ގައުމު ކޮން ހާލަތަކަށް ބަދަލު ނުކުރެވިގެންތޯ އައްސަވައި ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ރޮޒެއިނާ ވަނީ އަނެއްކާވެސް ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އަނބުރާ ނުގެނެވިގެން ރައީސް ޔާމީންގެ ފައިންޕުޅަށް ހިނި އެރީތޯވެސް އައްސަވައި ސުވާލު އަފައްދަވާފައެވެ.

ރައީސް ޔާމީން ބަދަލު ކުރައްވަން އެވިދާޅުވާ ހާލަތު ގެނައުމަށް ރައްޔިތުން އެތަކެއް ގުރުބާނީ ތަކެއް ވި ކަމަށްވެސް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: