ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމް: ސޮއި ކުރި އެއްބަސްވުންތަކުގެ އަދަދު 2955 އަށް!

ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެގްރިމެންޓުގައި ސޮއިކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާތަނަށް ތިންހާހާއި ގާތް ކުރާ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވެއްހެއްގައި ވެސް އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިޔަށް ދެއެވެ.

މި މަސައްކަތް ކުރިއަށް ދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކަނޑައަޅާފައިވާ ހާއްސަ ސަރަހައްދުތަކުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެފްޑީސީ ބުނި ގޮތުގައި މިހާތަނަށް ޖުމްލަ 2955 ފަރާތަކާއި އެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އަދި އެއްބަސްވުންތަކުގައި ސޮއި ކުރުމަށްޓަކައި އެފްޑީސީން 3،070 ބައްދަލުވުމެއް ވެސް ތާވަލު ކުރި އެވެ.

އެފްޑީސީން ބުނެފައި ވަނީ، ސޮއި ކުރާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލު ކުރުމަށް ތައްޔާރުވެފައިވާ ޔުނިޓުތަކަށް އިސްކަން ދީގެން ކަމަށެވެ.

ފްލެޓުގެ މަސައްކަތްތަކުން މިހާރު ކުރިޔަށްދާ ބައިތަކަކީ މަޝްރޫއުގެ ސްކޯޕްގެ ތެރެއިން ރައީސް ސޯލިހުގެ ސަރުކާރުން ނުހިމެނުމަށް ނިންމި ކަންކަމެވެ. އޭގެ ތެރޭގައި ހަމްދާން ފާހަގަކުރެއްވި ގޮތުން ބިލްޑިން ސައިނޭޖް، ސީސީޓީވީ ނެޓްވޯކް، ގާބޭޖް ޝޫޓް، ބޫމް ގޭޓް، ލޭންޑް-ސްކޭޕިން، ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން، އެމްޑަބްލިޔުއެސްސީ ސީވޭޖް ކަނެކްޝަން، އެމްޑަބްލިޔުއެސްސީ މެއިން-ލައިން ކަނެކްޝަން، ބޫސްޓާ ޕަމްޕް ފޯ ދޯދި ޕްރޮޖެކްޓް، ޝަފްޓް ޑޯ، އެކްސްޓާނަލް ގޭޓްސް، އަދި އިންޓަނެޓް އެންޑް މީޑިއާނެޓް ކަނެކްޝަން ހިމެނެއެވެ.

މީގެ އިތުރުން، ފެނާއި ކަރަންޓުގެ ހިދުމަތް ދޭނެ އެއްވެސް ގޮތެއް އަދި އިންޓަނެޓް ކޭބަލް ގުޅާނެ އެއްވެސް ގޮތެއް ކުރީ ސަރުކާރުން ރާވާފައި ނެތްކަމަށް ހަމްދާން ވިދާޅުވި އެވެ. މި ސަރުކާރުން ފްލެޓުތައް ހަވާލު ކުރާނީ މި ހުރިހާ ހިދުމަތްތައް ގާއިމު ކުރުމަށްފަހުކަން އެފްޑީސީ ފާހަގަކުރެއްވި އެވެ.

ޔުނިޓު ލިބޭ ފަރާތްތައް އެއްބަސްވުމުގައި ސޮއި ކުރުމަށް އަންނަން ޖެހޭ ދުވަހާއި، ގަޑި އެފްޑީސީގެ ”ފަހި ޕޯޓަލް“ މެދުވެރިކޮށް އެނގޭނެ އިންތިޒާމު އެފްޑީސީން ވަނީ ހަމަޖައްސާފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް އަންނަ އިރު، ބައެއް މުހިންމު ލިޔެކިއުންތައް ގެނައުމުގައި ސަމާލުކަން ދިނުމަށް އެފްޑީސީން ވަނީ އެދިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
  • ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
  • ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް
  • ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
  • އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

މީގެއިތުރުން، އެފްޑީސީން ބުނީ ކުއްޔަށް ހިފާ ފަރާތަކަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރު ނުވެވޭ ނަމަ، ޕަވަރ އޮފް އެޓާނީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެފްޑީސީން 4000 ހައުސިން ޔުނިޓް ތަރައްގީކޮށްފައިވާއިރު، މި ޔުނިޓުތައް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން، ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހާ، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެއެވެ.

ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: