ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅިވަރަންފަރުގެ 100 ހައުސިންގ ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިތުރު ފުރުސަތެއް!

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ. 

އެކަމާ ގުޅޭގޮތުން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހދ. ނޮޅިވަރަންފަރުގައި އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާކަމަށެވެ.

އެހެންކަމުން، ހދ. ނޮޅިވަރަންފަރުން ހައުސިން ޔުނިޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް މި މިނިސްޓްރީގައި އެ މަސައްކަތް ކުރިއަށްދާނެކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އެ ތާރީޚްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މިނިސްޓްރީން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެކަމަށްވެސް އިއުލާނުގައިވެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004919 ނަންބަރު ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ.

މިނިސްޓްރީން ވަނީ މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތުކަންވެސް ފާހަގަކޮށްފައެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެގޮތުން ސަރުކާރުން ވަނީ ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމާއި، ގޯތި ދޫކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތްތައް ކުރަމުންދާނެކަމަށް ބުނެފައެވެ. އަދި ބިން ނެތް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައްވެސް ކުރިއަށްގެންދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: