ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލުން އާންމުންގެ ސޯޝަލްމީޑިއާ ރެގިއުލޭޓެއް ނުވާނެ: އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޝަން ބިލުން އާންމު ރައްޔިތުންގެ މައްޗަށް ފިޔަވަޅުތަކެއް ނޭޅޭނެކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މީޑިއާ ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބައެއް ނޫސްވެރިންދަނީ އެ ބިލު މެދުވެރިކޮށް އާންމުންގެ ސޯޝަލްމީޑިއާ އެކައުންޓުތައްވެސް ރެގިއުލޭޓްކުރެވޭނެކަމަށް ބުނަމުންނެވެ. ޕީއެސްއެމްގައި މިކަމުގެ މައުލޫމާތު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ އެ ބިލުން އުފައްދާ ގާނޫނު ތަންފީޒުކުރެވިގެންދާނީ މީޑިއާތަކުގެ މައްޗަށްކަމަށެވެ.

އުޝާމް ވިދާޅުވީ، ބިލުން ރެގިއުލޭޓްކުރާނީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ މަސައްކަތްތައްކަމަށެވެ. އަދި އެއީ އޭނާގެ މައްޗަށް ތަންފީޒުކުރެވިގެންދާނެ ބިލެއް ނޫންކަމަށާއި ސޯޝަލްމީޑިއާގައި އެއްޗެއް ލިޔުއްވުމުން ފިޔަވަޅެއް ނޭޅޭނެކަމަށާއި އެފަދަ ކަމަކަށް ހުރަހެއް އެޅިގެން ނުދާނެކަމަށެވެ.

އޭނާ ވިދާޅުވީ، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާކަމަކުން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނަކަމަށެވެ. ސަބަބަކީ ބްރޯޑްކާސްޓިންގާއި ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކުރުންކަމަށާއި ނަމަވެސް އާންމު ރައްޔިތަކު ކުރާ ކަމެއްގެ ސަބަބުން ބިލު މެދުވެރިކޮށް ފިޔަވަޅު އެޅުމުގެ ފުރުސަތު ނެތްކަމަށެވެ.

އުޝާމް ވިދާޅުވިގޮތުން ބިލުގައި އާންމު ރައްޔިތުން ސޯޝަލްމީޑިއާގައި ލިޔާ އެއްޗަކަށް ފިޔަވަޅު އެޅޭގޮތަށް ނޫނީ ރެގިއުލޭޓްކުރެވޭ ގޮތަށް ނެތްކަމަށެވެ. އަދި މިއީ ބްރޯޑްކާސްޓިންގާއި މީޑިއާ ރެގިއުލޭޓްކުރާ ބިލެއްކަމަށްވާއިރު އެ ނޫން ގޮތަކަށް ސިފަކުރުމަށްވެސް ބައެއް ނޫސްވެރިން މަސައްކަތްކުރަމުންދާކަމަށެވެ.

ބަންޑާރަނައިބު ވިދާޅުވީ، އެއީ ދެރަ މައްސަލައެއްކަމަށާއި މިއީ މީޑީއާ ރެގިއުލޭޓްކުރާ ބިލެއްކަން އެފަދަ ގޮތަކަށް ސިފަކުރަމުންދާ ބޭފުޅުންނަށް އެނގިލައްވާނެކަމަށެވެ. އަދި މިއީ އާންމު ރައްޔިތުންގެ މައްޗަށް ތަންފީޒުވެގެންދާނެ ބިލެއް ނޫންކަންވެސް އެނގޭނެއިރު އޮޅިގެންދާގޮތަށް މައުލޫމާތު ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: