ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް އިސްލާހުތައް ގެނެސް ރައްޔިތުންގެ ހިޔަލު ހޯދުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވާ ގޮތުން އާންމުންގެ ވޯޓު ނެގޭނީ ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައާއި، ގައުމީ މުހިންމު މައްސަލަތަކުގައެވެ. އަދި ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގުޅޭ އެއްވެސް ބާވަތެއްގެކަމެއްގައި ވޯޓަކަށް ދާންޖެހޭނެކަމަށް ވެއެވެ.

ބިލުގައި ބުނެފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން ކަމަށެވެ. އަދި އެ ގަރާރުގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާއި ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެކަމަށް ވެއެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލު ކޮމިޓިން ފާސްކުރީ އިސްލާޙުތަކެއް ގެނައުމަށް ފަހު އެވެ. އެއީ ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށް ވެސް ފެންނަ ނުފެންނަ ވޯޓު ނެގޭ ގޮތަށް ގެނައި ބަދަލާއި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރޭ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެކަމަށް ބުނާ މާއްދާއަށް ގެނައި އިސްލާހެވެ. ކޮމިޓީން އެ މާއްދާއަށް ގެނައި ބަދަލުގައި ވަނީ 45 ދުވަހަށް ވުރެ މަދު މުއްދަތެއްގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް އޮންނާނެ ކަމަށެވެ.

މީގެއިތުރުން އިންތިހާބުގައި ރައްޔިތުންގެ ހިޔާލު ހޯދާކަމެއްގެ ގޮތް ނިންމާނީ ސައްހަ ވޯޓުގެ 50 އިންސައްތައަށްވުރެ ގިނައިން ލިބިގެންކަމަށް ބުނާ މާއްދާވެސް ހިމެނެއެވެ.

މި ބަދަލުތަކާއި އެކު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓިން ބިލު ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ބިލު ގާނޫނަކަށްވުމާއި އެކު، ގާނޫނުއަސާސީއަށް ގެނައުމަށް ސަރުކާރުން ގަސްދު ކުރާ ބަދަލުތަކަށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުން، އަދި ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ހިމެނެ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކެޕް ކުރުން ވެސް ހިމެނެ އެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ބިލު މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނެކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: