މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު 49 އިންސައްތައަށް އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ވަޒީރު ވިދާޅުވީ މަތީސާނަވީގެ މުހިންމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ބުނެދީ، އެކަމަށް ސަރުކާރުން ގިނަ ފުރުޞަތަކެއް މި އަހަރު ފަހިކޮށްދީފަވާކަމަށާއި، އެކަމުގެ ނަތީޖާތައް ފެންނަމުންދާކަމަށެވެ.
މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި، މި އަހަރު 3،000އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލް ކިޔަވަ އެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު، %49 ގިނަ އަދަދެއްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ގިނަ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިދިޔަ މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން މަތީ ސާނަވީން ޖާގަދޭ ކްރައިޓީރިއާ ދަށްކޮށްފައިވާ ކަމަށެވެ. އަދި މި ޝަރުތުތަކާ މި އަހަރު އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، 2023ވަނަ އަހަރު 6700 ދަރިވަރުން އޯލެވެލް ނިންމިއިރު، އޭ ލެވެލްއަށް ކިޔަވަން ވަދެފައިވަނީ 2100 ދަރިވަރުންކަމަށާއި، ނަމަވެސް މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަމައެއާއެކު، މިހާރު ރާއްޖޭގައި އޭލެވަލްއަށް ކިޔަވަދޭ 66އެއްހާ ސްކޫލް އެބަހުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

