ޓީވީ ޗެނަލްތަކުގެ ހައްގުގައި މިއަދު ނޫސްވެރިން ބްރޯޑްކާސްޓިންގ ކޮމިޝަން ކުރިމަތީގައި މުޒާހަރާ ނުކުރާ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަސްވާޑް ވިދާޅުވީ ބިލުގެ މުހިންމުކަން ނިންމާނީ ރައްޔިތުން ކަމަށެވެ. މިކަމުގައި އެންމެ ރަނގަޅު ގޮތަކީ އެއްވެސް ތަނެއްގައި އެއްވެސް މީހަކަށް އަމަލު ކުރާނެ ވަކި ގޮތެއް ނެތުން ކަމަށް އަސްވާޑް ވިދާޅުވިއެވެ. އަސްވާޑް ވިދާޅުވީ އެއީ ހަމައެކަނި ނޫސްވެރިން ނޫން ކަމަށާއި، އޭގެތެރޭގައި މަސްވެރިންނާި ދަނޑުވެރިންނާއި ފަތުރުވެރިންވެސް ހިމެނޭ ކަމަށެވެ. އަސްވާޑް ވިދާޅުވީ ދާއިރާގެ މީހުން އެހެން ބޭނުންވީ ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އަސްވާޑް ވިދާޅުވީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވސް ކޮންމެވެސް ސަބަބަކާއި ހުރެ އެކަން ދެމެހެއްޓިފައި ނުވާ ކަމަށް އަސްވާޑް ފާހަގަކުރެއްވިއެވެ. އަދި އޭގެން ނޫސްވެރިން ބޭނުންވި ނަތީޖާއެއް ނޫސްވެރިންނަކަށް ނުހޯދުނު ކަމަށާއި އަދި ނުވެސް ނެރެވުނު ކަމަށެވެ.
”އެހެންނަމަވެސް މި ދެކަންތައް ތަކުރާރުކޮށް ފާހަގަކުރަން މިޖެހެނީ. އެހެންނަމަވެސް ބްރޯޑްކާސްޓިންގ ދިޔައީ ރެގިއުލޭޓްވަމުން ބަރާބަރަށް. މިއަދު މިސާލަކަށް ބިލު އެދިޔައީ ފާސްވެގެން. އަދިއެއް ތަސްދީގެއް ނުވޭ. މިހާރު އޮތް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެބް އޮތް ރާއްޖޭގެ ދެ ޓީވީ ޗެނަލަކަށް ފިޔަވަޅު އަޅާފައި. އެއޮތީ ފިޔަވަޅު އަޅާފައި. އެހެންވީމާ މީކީއެއް އަލަަކަށް ނޫން މިކަން މި ހިނގަނީ ބްރޯޑްކާސްޓަރުންނަށް. މިހާރު ޓީވީ ޗެނަލްތަކަށް ދިމާވި ކަންކަމަށް، ގޮނޑީގައި އިންނަ އިރުވެސް ބުނެލަން ބޭނުންވަނީ މިއަދުވެސް އެބޭފުޅުންގެ ހައްގުގައި ނޫސްވެރިންނެއް ބްރޯޑްކާސްޓިންގ ކޮމިޝަން ކުރިމަތީގައި މުޒާހަރާއެއް ނުކުރެ“
އަސްވާޑް ވިދާޅުވީ މިއަދު ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލާކާވެސް އެ ބޭފުޅުން މަސައްކަތް ނުކުރާ ކަަމަށެވެ. 2010 ވަނަ އަހަރުން ފެށިގެން ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ފަންކްޝަނަލް ތަނެއް ކަމަށް އަސްވާޑް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޓީވީ ޗެނަލްތައް ވަނީ އެކަމަށް ހޭނިފައި ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ދިމާވެފައިވާ މައްސަލައަށް ބަލާއިރު، މިއީ ސަރުކާރުން ކޮށްގެން އުޅޭ ކަމެއް ނޫން ކަމަށް އަސްވާޑް ވިދާޅުވިއެވެ. މިކަމަކީ ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން އެކި ވެރިން އެ މަސައްކަތެއްގައި އުޅުއްވި ކަމެއް ކަމަށް އަސްވާޑް ވިދާޅުވިއެވެ. 2018 އިން ފެށިގެން 2023ގެ ވެރިކަމުގައިވެސް މީޑިއާ ކޮމިޝަނެއްގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކޮށްފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

