ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުން ބޭރު ޖަލްސާއަކުން މީޑިއާ ބިލެއް ފާސްކުރަންޖެހޭ ހާލަތެއް ނެތް: ޒިޔާދު

ރައްޔިތުން މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސެއިން ޒިޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިގެން މީޑިއާ ރެގިއުލޭޝަން ބިލެއް ފާސްކުރަންޖެހޭފަދަ ކުއްލި ހާލަތެއް ކުރިމަތިވެފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ ހަބަރަށްފަހު“ ޕްރޮގްރާމެގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، އަމިއްލަ ތަޖުރިބާއިން ހަވީރު ނޫހުގައި މަސައްކަތްކުރެއްވި ދުވަސްވަރު، ސިޔާސީ ކޮޅިގަނޑެއްގެ ތެރޭގައި އެތައް އަހަރެއް ވަންދެން ހިންގަމުން އައި ނޫސް އެއް ދުވަހުން ބަންދުވެ، މުވައްޒަފުން މަގުމަތިވެގެން ދިޔަކަމަށެވެ. އަދި 2 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ނުކުރެވޭގޮތަށް ކޯޓުން ހުކުމްކުރިކަމަށްވެސް ފާހަގަކުރެއްވިއެވެ.

އަލަށް ވުޖޫދުކޮށްފައިވާ މީޑިއާ ގާނޫނާ މެދު ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށާއި، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ ޖަމާޢަތްތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ. މި ކަންބޮޑުވުންތަކަކީ ޖާއިޒު ޝަކުވާތަކެއްކަމަށާއި، މި ގާނޫނުގެ ސަބަބުން ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ސުވާލު އުފެދޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގާނޫނު އުފެދިގެން އައި ގޮތާ މެދު ސުވާލު އުފައްދަވަމުން ޒިޔާދު ވިދާޅުވީ، ގާނޫނުގެ ބެލެނިވެރިކަމާ މެދު ސުވާލު އުފެދުނު އިރު، ކުރިން ޕީއެންސީގެ މެންބަރުން ބުނަމުން އައީ އަމިއްލަ މެންބަރެއްގެ ބިލެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ވޯޓަށް އެހި އިރު އެއީ ސަރުކާރުގެ ބިލެއްގެ ގޮތުގައި ކަމަށެވެ.

މީޑިއާ ގާނޫނާ މެދު ކަންބޮޑުވުން އޮތީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އުނިކަން އަތުވެދާނެކަމުގެ ބިރު އޮތުމުން ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި މިފަދަ ބިލެއް ފާސްކުރަން ޖެހޭވަރުގެ ނުރައްކާތެރި ހާލަތެއް މީޑިއާގެ ދާއިރާގައި ނެތްކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށަށް ގޮސްފައިވާއިރު، އެކަމަށް ހައްލު ހޯދުމަށް އިސްކަންދިނުން މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: