ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިލިޕިންސްގައި ޑޮކްޓަރުކަން ކިޔަވަން ހުރި ދިވެހި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕިލިޕިންސްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ ދިވެހި ޒުވާނެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި ފެނުނު ފަރާތަކީ ނ. ހޮޅުދޫއަށް ނިސްބަތްވާ 30 އަހަރުގެ މުހައްމަދު ހުމައިދުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުމައިދު މަރުވެފައިވަނީ ރާއްޖެ އައުމަށް ތައްޔާރުވަމުންދަނިކޮށެވެ. އޭނާގެ ޑޮކްޓަރުކަމުގެ ކޯހުގެ ގްރެޖުއޭޝަން ވަނީ ނިމިފައިކަމަށް މައުލޫމާތު ލިބެއެވެ.

ހުމައިދު މަރުވެފައި އޮއްވާ ފެނުނީ އޭނާގެ އާއިލާއިން ގުޅި ގިނަ ފަހަރު މަތިން ފޯނަށް ޖަވާބު ނުދިނުމާ ގުޅިގެން، އޭނާއާއެކު އެއް އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ އެހެން ދިވެއްސަކު ބަލާލުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން އަދި އެއްވެސް ރަސްމީ އިދާރާއަކުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މަރުގެ ސަބަބު ވެސް އަދި ވަނީ ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ވާހަކަ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: