ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހަލަބޮލިކުރަން އުޅެނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެތީ: މިނިސްޓަރ ހަލީލް

ކުރީގެ ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ގައުމު ހަލަބޮލިކުރުމަށް މަސައްކަތްކުރަމުންދަނީ އެޕާޓީގެ ވެރިކަމުގެ ކަންކަން ފޮރުވުމުގެ މަގުސަދުގައިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ”ލޫޓުވާލައިފި“ ނަމުގައި މާލޭގައި މިރޭ މުޒާހަރާއެއް ކުރިޔަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުންނެވެ. މި އެއްވުމަށް މާލެ ކައިރި ރަށްތަކުން ވެސް ލޯންޗުތަކުގައި މީހުން ދަނީ މާލެ އަންނަމުންނެވެ.

އެމްޑީޕީގެ މި ހަރަކާތާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ، އެމްޑީޕީގެ ވެރިން ތިބީ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ބަލާނެކަން ޔަގީންވުމުން އެ ޕާޓީން މަސައްކަތްކުރަމުންދަނީ ގައުމު ހަލަބޮލިކުރުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ފުލުހުންނަށް ހަމަލާ ދިނުމަކީ އެމްޑީޕީގެ ހަރަކާތްތަކުން ފެންނަ އަމަލެއް ކަމަށެވެ. އަދި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަކީވެސް އެޕާޓީން ހިންގާ ހަރަކާތްތަކުގައި އާންމުކޮށް ފެނިގެންދާ އެފަދަ މަންޒަރެއްކަމަށެވެ. ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ހަރަކާތުގެ އަމާޒުވެސް ހުރީ އެފަދަ ގޮތަކަށް ކަމަށް ވެގެންދިއުން އެކަށީގެންވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: