ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާއި ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަޙައްދުތައް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
”އެކްސް“ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އާންމުންނަށާއި ޓްރެފިކަށް އެކި ސަރަހައްދުތައް ބަންދުކުރަނީ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ. އެހެނަސް ބަންދުކުރަނީ ކޮން ސަރަހައްދެއްކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން މިގޮތަށް ނިންމާފަައިމިވަނީ މިރޭ 8:30ގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން “ ލޫޓްވައިފި“ ގެ ނަމުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވަނިކޮށްކަން ފާހަގަކުރެވެއެވެ.މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ އެމްޑީޕީ އެއްވުމުގަައި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށްވެސްް ބުނެފައެވެ.
އިދިކޮޅު އެމްޑީޕީއިން އިންތިޒާމުކޮށްގެން މިރޭ 8.30 ގައި މާލެ އާޓީފިޝަލް ބީޗް ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަށް އަތޮޅު ތެރެއިން ގިނަ އަދަދެއްްގެ ރައްޔިތުން މާލެ އަންނަމުންއެބަދެއެވެ. މިގޮތުން މާލެ ނަސަންދުރާ ސަރަޙައްދުން މި ފަރާތްތަކާއި އިދިކޮޅުގެ ބައެއް އިސް ފަރާތްތައްްވަނީ ބައްދަލުކޮށް މިރޭގެ އެއްވުމުގައި ރައްޔިތުންގެ ނުރުހުމާއި މިސަރުކާރާ ދޭތެރޭ ހުރި ކަންބޮޑުވުން ފާޅުކުރާނެކަމަށް ބުނެފައެވެ.

