ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަންފީޒީ އިދާރާތަކުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ: އިހުސާން

ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަންފީޒީ އިދާރާތަކުގައި ހިދުމަތްކުރާ މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓްގައި އިހުސާން ވިދާޅުވީ ތަންފީޒީ އިދާރާތަކުގައި މުހިންމީ ގާބިލްކަމާއި މަސައްކަތަށް ބަހައްޓާ ޝައުގުވެރިކަން ކަމަށެވެ. ”ދި އިނޓަރ އެޖެންސީ ޑިކްލަރޭޝަން އޮން ލީޑަޝިޕް ކެޕޭސިޓީ ޑިވެލޮޕްމަންޓް އޮފް ވިމެން އިން ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ސެކްޓަރ އޮފް ދަ މޯލްޑިވްސް“ އެއްބަސްވުމާއި ގުޅިގެން އިހުސާން ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ ކުރިއެރުމަށް ހުޅުވޭ މުހިންމު ދޮރެއް ކަމަށެވެ.

އިހުސާން ވިދާޅުވީ ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާއި އަޒުމަކީ ކުރިމަތިވާ ހާލަތްތަކާއި ގޮމްޖެހުންތަކުން އަރައިގަނެ މުޖުތަމައުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެއް ކަމަށެވެ. އަދި އެފަދަ މަގާމުތަކުގައި އަންހެނުންނާއި މެދު މުޖުތަމައު ދެކެމުން އައި ގޮތް ބަދަލުވެ، އަންހެނުންނަކީވެސް ލީޑަޝިޕްގެ ބޮޑެތި ޒިންމާތައް އަދާކުރެވޭ ބައެއް ކަން ސާބިތުކޮށްދެމުން ދާކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެކަމުން ހާމަވެގެންދަނީ ޖިންސުގެ ތަފާތުކުރުން ނައްތާލާ، ހަމަހަމަ ފުރުސަތުތައް ސަރުކާރުން ދެމުން ގެންދާ ކަން ކަމަށެވެ. މި ދާއިރާގެ މިސްރާބު ވަރަށް ސާފުކަމަށާއި އިސްކުރާނީ މީހާގެ ހުނަރާ ގާބިލުކަމާ މަސައްކަތަށް ބަހައްޓާ ޝައުގަށް ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: