ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މުޒާހަރާ އަކީ ނައިބުރައީސް އާއި ގުޅިގެން ބޭއްވި މުޒާހަރާއެއް ނޫން: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މުޒާހަރާ އަކީ ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފްއާއި ގުޅިގެން ބޭއްވި މުޒާހަރާއެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އިހުތިޖާޖުގައި ފެނިގެން ދިޔައީ، ހުދުމުހުތާރު ވެރިކަމަކަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެ ކަމުގެ މެސެޖެއް ކަމަށެވެ. އަދި ”ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން ގާނޫނުގެ ނަމުގައި، ގާނޫނުއަސާސީގައިވާ ބާރުތައް ހިފަހައްޓައިގެން ބޭނުންހާގޮތެއް ހަދަން ދޫކޮށްލައިގެން ރައްޔިތުން ތިބޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކޮށްގެން ނުވާނެ“ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި އިހުތިޖާޖާ ގުޅިގެން ނައިބުރައީސް ޕޯސްޓެއް ކުރެއްވި ނަމަވެސް، އެއީ ވަރަށް ބޮޑަށް ޕްރެޝަރުގައި ހުންނަވައިގެން ކުރެއްވި ޕޯސްޓެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ނައިބުރައީސް ހުންނެވީ ވެރިކަމާއި ހަވާލުވެވަޑައިގަންނަން ތައްޔާރަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ގޮވާލާ ކަމަށެވެ. އަދި ނައިބުރައީސް އާއި ވެރިކަން ވަގުތީގޮތުން ހަވާލުކުރުމަށްވެސް އެދިވަޑައިގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: