ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ދައުރު އެންމެ ބޮޑު ލޯނެއް ނަގައިގެން ފެށި ތިލަމާލެ ބުރިޖުގެ ތަނބެއްވެސް މައްޗަށް ނާރާ: މުހައްމަދު އިސްމާއިލް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެންމެ ބޮޑު ލޯނެއް ނަގައިގެން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުއަކީ، ތިލަމާލެ ބްރިޖްގެ މަސައްކަތް ކަމަށާއި، އެހެންނަމަވެސް ވެރިކަން ނިމުނުއިރު ތަނބެއްވެސް މައްޗަށް އަރާފައިވާ ތަނެއް ރައްޔިތަކަށް ފެނިފައި ނުވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން މެމްބަރު އިސްމާއީލް ވިދާޅުވީ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ކަމަށް ބުނެ މަގުމައްޗަށް ނިކުންނައިރު، ގެއްލިފައިވާ ހައްގެއް ނޭންގޭ ކަމަށެވެ. އަދި ރައްޔިތުންގެ ގެއްލިފައިވާ އެއްވެސް ހައްގެއް ނުފެންނަ ކަމަށާއި، އެމްޑީޕީއަކަށް އެ ކަމެއް ކިޔައިވެސް ނުދެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ދެން ދައްކަނީ މީޑިއާ ބިލުގެ ވާހަކަ ކަމަށެވެ. އެބިލަކީ ގެންނަން ޖެހޭ އެއްޗެއް ކަމަށާއި، އެއީ އޮންނަން ޖެހޭ ގާނޫނެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ހިތު ހުރި އެއްޗެއް ޓީވީ ޗެއްނަލްއެއްގައި ނުވަތަ މީޑިއާގެ ވަސީލަތެއްގައި ގެނެސްދިނުމަކީ އެއްވެސް ތަހުޒީބު މުޖުތަމައެއްގައި އޮންނަ ގޮތެއް ނޫން ކަމަށެވެ. އެކަމަށްވެސް ގާނޫނުތަކެއް ހެދިފައި ހުރި ކަމަށާއި، އެހެންކަމުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް އޮންނާނީ އެ ގާނޫނުގެ ތެރެއިން ކަމަށް މެމްބަރު ވިދާޅުވިއެވެ.

”ދިވެހި ރައްޔިތުންގެ ހައްގުގައި މިބޭފުޅުންނަށް ކޮށްދެވިފައިވާ އެއްވެއް ކަމެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުވާ ކުރެއްވި 2008އަކުން އެއައި ވެރިކަމުގެ ތެރޭގައި، 30 އަހަރުގެ ވެރިކަން ބަދަލުވެގެން އައިއިރު އޭރުގެ ވެރިމީހާ، ރައީސުލްޖުމްހޫރިއްޔާ އަރާ ޓީވީ ތަކުގަޔާއި އަދި ރޭޑިއޯ ހިތާބުތަކުގައި އަޅުގަނޑުމެން އެ ދީނަކާއި މެދު ފަހުރުވެރިވާ އިސްލާމްދީނާއި ދެކޮޅަށް އެތައް ވާހަކަތަކެއް ދައްކާފަ ހުރިކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިއަދު ފަތްފުށް ތައް ހުޅުވާލީމާ ފެންނާނެ“

ވެރިކަމުގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި މިހާ ބައިވަރު މަޝްރޫއުތަކެއް އެއްފަހަރާ ކުރިއަށް ގެންދިޔަ ސަރުކާރެއް ރައީސް މުއިއްޒުގެ ނޫނީ ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ. 2013 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަމުގައިވެސް މަޝްރޫއުތައް ފެށުނީ ދެއަހަރާއި ބައި ވެފައިވަނިކޮށް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އެމްޑީޕީން މަޝްރޫއުތަކުގެ ވާހަކަ ދައްކާއިރު، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވީއިރު ގައުމު އޮތީ އެއްކޮށް ދަރުވާލައިފައި ކަމަށް މެމްބަރު ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އެހާ ބައިވަރު ދަރަނިތައް ނެގި އިރު އެންމެ ރަނގަޅު ޕްރޮޖެކްޓެއްވެސް ރައްޔިތަކަށް ފެންނާން ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: