ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އެކްސިޑެންޓްތައް ގިނަވަނީ އުސޫލުތަކުގައި ހަރުދަނާކަމެއް ނެތުމުން: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެކްސިޑެންޓްތައް ގިނަވަނީ އުސޫލުތަކުގައި ހަރުދަނާކަމެއް ނެތުމުންކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް އަހުމަދު ނަސީމް ހުށައަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ، މިހާރަކަށް އައިސް، މގާނޫނުތަކާއި ހިލާފުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަމަށެވެ.

ސިނަމާލެ ބުރިޖާއިއެކު މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، އެހެން ސިޓީތަކަށްވެސް މި ބަދަލުތައް އަންނަން ފަށާފައިވާކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ފާހަގަކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި އޮންނަ ގޮތުންނަމަ، ހަތަރުފުރޮޅުލީ އުޅަނދުފަހަރު ދުއްވޭނީ ކަނާއަތް ފަރާތުންކަމަށެވެ. އެހެން ނަމަވެސް ބުރިޖުގައި ވާއަތް ފަރާތުން ދުއްވުމުގެ ހުއްދަ އޮންނާތީ، އެގޮތަށް ދުއްވުން މިޙާރު އާންމުކަމަށްކަށްވެފައިވާކަމަށެވެ. ކުދި ކުދި އެކްސިޑެންޓްތަކަށް ދިމާވާ މައިގަނޑު ސަބަބަކީ މިއީކަމަށް ނާޒިލް ވިދާޅުވިއެވެ.

އަޅުގަނޑު ހަމަ މި ފުރުސަތުގައި މި ބިލުގެ، މަސައްކަތް ކުރިއަށްދާއިރު، ފުލުހުންގެ ތެރެއިން ޓްރެފިކް ފުލުހުންނާއި ޓްރާންޕޯޓުގައި މިކަންކަމާއި ބެހޭ ސެކްޝަންތަކާއިއެކީގައި، މި މަޖިލީހުގެ އިއްޒަތްތެރި ކޮމިޓީތަކުން ގިނަ ގޮތް ގޮތަށް ވިސްނާ، މިއާއިމެދު ހައްލު ހޯދަން މަސައްކަތް ކޮށްދެއްވާނެކަމަށް އަޅުގަނޑު ހަމަ އުއްމީދުކުރަން.

ދުއްވާ ފަރާތް ނޫން އެހެން ފަރާތުން އެ އުޅަނދެއް ދުއްވުމުގެ ހުއްދަ، ބުރިޖެއް މަތިން ނަމަވެސް އެހެން ތާކުން ނަމަވެސް ދުއްވުމުގެ ހުއްދަ އޮންނަ އެހެން ގައުމެއް ފާހަގަނުވާކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ ކަމާއި ބެހޭ ފަރާތްތަކާއިއެކު މަސައްކަތްކޮށްގެން، މި މައްސަލައަށް ހައްލު ގެންނަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: