ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަޑް ޕްރިވެލެންސް ސާވޭއެއް ހެދުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަޑް ޕްރިވެލެންސް ސަރވޭއެއް ހެދުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވައެވެ. އެގޮތުން މެންބަރުގެ ސުވާލުގައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހުކުރުމާއި، ޑްރަގް ޕްރިވެލެންސް ދިރާސާއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިކަންކަން ކުރިއަށް ގޮސްފައިވާ ހިސާބަކީ ކޮބައިތޯއެވެ. އަދި ނުނިމޭނަމަ އެއީ ކީއްވެގެންތޯއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ކުރިމަތިވެފައިވާ ސަރަހައްދުތައް ދެނެގަތުމަށާއި، އެ ސަރަހައްދުތަކުގައި ސަރވޭ ކުރުމަށް ރޭވިފައިވޭތޯ ސުވާލުކުރިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް 3 ވަނަ އިސްލާޙު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށައެޅުމުން މިހާރު އެ އޮފީހުން ވަނީ މި ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވާފައިކަމަށެވެ.

ރާއްޖޭގައި ޑްރަގް ޕްރިވެލެންސް ސަރވޭއެއް ހެދުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މި ސަރވޭގައި ކަމާއި ގުޅޭ އިދާރާތަކާއި، މަޝްވަރާ ކުރެވި ދިވެހި ފުލުހުންގެ ހިދުމަތާއި، ނެޝަނަލް ޑްރަގް އެޖެންސީއާއި، ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އަދި މި ސަރވޭ ހެދުމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްގެ އެހީތެރިކަމަށް އެދިފައިވާކަމަށާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއިއެކުވެސް މަޝްވަރާ ކުރެވެމުންދާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: