ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނާ ބޭސްތަކަކާއި އެއްކޮށް ހައްޔަރުކުރި 4 މީހުންގެ ތެރެއިން 3 މީހެއްގެ ބަންދަށް އިތުރު 30 ދުވަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު 23ގައި ގިނަ އަދަދެއްގެ މަނާ ބޭސްތަކަކާއި އެއްކޮށް ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި އެ ބިދޭސީން އަދި ދިވެހިން ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އަދި ފައިސާއާއި ވެސް އެކުގައެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 50 އަހަރުގެ މީހަކާއި، 40 އަހަރުގެ މީހަކާއި، 26 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 32 އަހަރުގެ ދިވެހި އަންހެކެވެ.

އެ މީހުން ހައްޔަރުކޮށް، ފުރަތަމަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ތިން ފިރިހެނުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އަދި، އަންހެން މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ. އަންހެން މީހާ މިހާރު ވަނީ ދޫކޮށްލާފައެވެ.

އަންހެން މީހާ ދޫކޮށްލީ ފެނުނު ތަކެއްޗާ އޭނާއާ ގުޅުމެއް ނެތުމުންނެވެ. އަދި، އޭނާއާ ދެކޮޅަށް ހުރި ހެކި ބަލިކަށިވުމުންނެވެ. އެހެންނަމަވެސް މައްސަލައިގައި ހިމެނޭ ތިން ފިރިހެނުންގެ ބަންދު މުއްދަތު ހަމަވެގެން އިއްޔެ ދެވަނަ ފަހަރަށް ކޯޓަށް ގެންދިޔުމުން ވަނީ، އެ ތިން މީހުން ވެސް އިތުރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، 50 އަހަރުގެ ބަންގްލަދޭޝް މީހާ ދިރިއުޅޭ ކޮޓަރި ތެރެއިން ވަނީ ގިނަ އަދަދެއްގެ މަނާ ބޭސްތަކެއް ފެނިފައެވެ. އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ އެމްފިޓަމިންއަށް ޕޮޒިޓިވްވެފައެވެ. 40 އަހަރުގެ ބަންގްލަދޭޝް މިހާ އެމްފިޓަމިންއަށް ޕޮޒިޓިވްވެފައިވާކަން ކޯޓު އަމުރުން އެނގެއެވެ. އޭނާ ހުރި ކޮޓަރިން ވެސް ގިނަ އަދަދެއްގެ މަނާ ބޭސްތަކެއް ވަނީ ފެނިފައެވެ.

މި މައްސަލައިގައި ހިމެނޭ 26 އަހަރުގެ ދިވެހި މިހާ ދިރިއުޅޭ އެޕާޓުމަންޓުން މަސްތުވާތަކެތި ހުރި ދަޅެއް ވަނި ފެނިފައެވެ. އެއީ، އޭނާގެ އެއްޗެއް ނޫން ކަމށާއި އޭގައި ހުންނާނީ 12 ގުރާމު ވަރު ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: