އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށް އެހީ ހޯދުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ޓެކްނިކަލް ކޯޕަރޭޝަން ބިއުރޯގެ ޑިރެކްޓަރ ހޯހޭ ވަރުގަސްއާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އޭވިއޭޝަން ސޭފްޓީގެ ސްޓޭންޑާޑްސް އެންޑް ރެކޮމެންޑަޑް ޕްރެކްޓިސަސްގެ މިންގަޑުތައް ދެމެހެއްޓުމުގައި އެއްބާރުލުންދިނުމުގެ އެގްރީމަންޓެއްގައި ސޮއިކުރުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ގެނެވޭނެ އެތައް ބަދަލުތަކަކާއިމެދު ވަނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައެވެ.
މީގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓް އިންފްރާސްޓްރަކްޗާ ކެޕޭސިޓީ ވަރުގަދަކުރުމާއި އޮޕަރޭޝަންސް އަދި މެނޭޖްމަންޓް ފަދަ ދާއިރާތަކަށް ގެނެވޭނެ ބަދަލުކާ މެދު ވަނީ މިނިސްޓަރ ނަހުލާ އާއި މރ.ވަރުގަސް މަޝްވަރާ ކުރެއްވިއެވެ.
އަދި ނަހުލާ ވަނީ އޭވިއޭޝަންގެ ދާއިރާއިން ކުރިޔަށް ގެންދަން ހުރި ޕްރޮޖެކްޓު ތަކަށް ފައިސާ ލިބޭނެ ޑޯނާ އޭޖެންސީތަކާ މެދުވެސް މރ.ވަރުގަސްއާއި މަޝްވަރާ ކުރަށްވާފައެވެ. އިއްޔެގެ ވަގުތެއްގައި މިނިސްޓަރ ނަހުލާ ވަނީ ޕަބްލިކް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން އޮފް އޮމާންގެ ރައީސް ޑރ.މުހައްމަދު ބިން ނަސީރް އަލް-ޒާބީއާވެސް ބައްދަލު ކުރައްވާފައެވެ.

