ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

200އަށްވުރެ ގިނަ ބައިވެރިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

210 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ބައިވެރިވުމާއެކު މިއަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ  ފެށައިފިއެވެ.  ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވާ މި މަހާސިންތާ އިފްތިތާޙް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއަހަރުގެ މަހާސިންތާގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މަހާސިންތާ ކުރިއަށް ގެންދިއުމެވެ. މީގެ ކުރިން ބޭއްވުނު މަހާސިންތާތަކާ ޚިލާފަށް، މިފަހަރު މުދައްރިސުންގެ ސީދާ ބައިވެރިވުން މީގައި ހިމެނިފައިވެއެވެ. މިއީ ތަޢުލީމީ ދާއިރާގެ ޙަޤީޤީ މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީ މުދައްރިސުން ތަމްރީން ކުރުމާއި، ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރުމަށެވެ. މީގެ އިތުރުން ސްކޫލްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްވެސް މަޝްވަރާ ކުރެވޭނެއެވެ.

މި މަހާސިންތާއަކީ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ. ޚާއްޞަކޮށް މުދައްރިސުންގެ ބައިވެރިވުމާއެކު ކުރިއަށްދާ މި މަހާސިންތާއިން ތަޢުލީމީ ދާއިރާއަށް އެތައް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: