ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭން: މާލެ ސަރަހައްދުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު

ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭންގެ ތެރެއިން/ ފޮޓީޯ: ނެކްސިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން ”ވިލުންތެރި ރާއްޖެ 2045: އެންމެނަށް ފާގަތިކަން“، އެކުލަވާލުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ބާއްވާ ކުރިމަގު ސައްލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ނެކްސިއާ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

މިބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް ހުޅުވާލާފައިވާ އިރު މާލޭގައި 2 ބައްދަލުވުމެއް، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިތުރުން ވިލިމާލޭގައި ބައްދަލުވުންތައް ބޭއްވުމަށް ނެކްސިއާ އިން ވަނީ ރާވާފައިއެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަނިވި ދުވަސްތަކުގައި އެވެ.

  • 14 އޮކްޓޫބަރު – ކުރިމަގު ސައްލާ ވިލިމާލެ- ރޭގަނޑު 8:15
  • 15 އޮކްޓޫބަރު – ކުރިމަގު ސައްލާ މާލެ – ރޭގަނޑު 8:15
  • 16 އޮކްޓޫބަރު – ކުރިމަގު ސައްލާ ހުޅުމާލެ ފޭސް 2 -ރޭގަނޑު 8:15
  • 17 އޮކްޓޫބަރު – ކުރިމަގު ސައްލާ މާލެ – ރޭގަނޑު 8:15
  • 18 އޮކްޓޫބަރު – ކުރިމަގު ސައްލާ ހުޅުމާލެ ފޭސް 1  – ރޭގަނޑު 8:15

ނެކްސިއާ އިން ވަނީ މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމަށް އެ ފަރާތުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިންކެއް ފޯރުކޮށްދީފައިއެވެ.

ނެކްސިއާ އިން މައުލޫމާތު ދޭ ގޮތުގައި ބައްދަލުވުންތައް ކުރިއަށް ގެންދަނީ މަސައްކަތު ބައްދަލުވުންތަކެއްގެ ގޮތުގައި ގުރޫޕް  ހަރަކާތްތަކެއް ހިމެނޭ ގޮތަށެވެ. އެގޮތުން، ގުރޫޕްތަކަކަށް ބަހައިގެން ބައިވެރިން ކުރާ މަސައްކަތްތަކުން މައުލޫމާތު އެއްކުރެވޭނެއެވެ.

ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ބާއްވަ މި ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ގައުމާ މެދު ކުރާ ތަސައްވުރުތައް ދެނެގަނެވޭނެއެވެ. އަދި 2045 ވަނަ އަހަރު އަންނަ އިރު ބައިވެރިންގެ ނަޒަރުގައި އެކި ދާއިރާތައް ކުރިއަރައިގެން ދާނެ ގޮތް ހޯދޭނެއެވެ. މިގޮތުން ތައުލީމު އުގެނުން، ސިއްހަތު، އިގުތިސާދު، ތިމާވެށި، އުމުރާނީ ތަރައްގީ، ދަތުރުފަތުރާއި ގުޅުންތައް ފަދަ ދާއިރާތައް އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ ދެނެގަނެވޭނެއެވެ.

ކުރިމަގު ސައްލާގެ މި ބައްދަލުވުންތައް ކާމިޔާބު ކަމާއި އެކު މިހާތަނަށް ރާއްޖޭގެ 100 ރަށެއްގައި ނެކްސިއާގެ ޓީމުތަކުން ވަނީ ބާއްވާފައި އެވެ. އަދި ތަފާތު ދާއިރާތަކާއި އުމުރުފުރާތަކަށް ނިސްބަތްވާ ފާރާތްތަކުން މި ބައްދަލުންވުންތަކުގައި ބައިވެރިވެ ވަނީ ގިނަ ހިޔާލުތައް ހުށަހަޅާފައެވެ.

ނެކްސިއާ މޯލްޑިވްސް އިން ބުނާ ގޮތުގައި މިހާރުވެސް އެ ކުންފުނީގެ ޓީމުތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކުރިއަށްއޮތް ހަތަރު ހަފުތާގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ބައްދަލުންވުންތައް ބާއްވާ ނިންމާލެވޭނެ ކަމަށް ނެކްސިއާއިން ފާހަގަކުރެއެވެ.

ކުރިމަގު ސައްލާގެ އިތުރުން ގައުމީ ތަރައްގީގެ ޕްލޭންގައި އެކި އެކި ގޮތް ގޮތުން ރައްޔިތުންނަށް ބައިވެރިވެވޭނެ ފުރުސަތުތައް ނެކްސިއާ އިން ވަނީ ހުޅުވާލާފައިއެވެ.

އެގޮތުން، އޮންލައިން ސާވޭގައި ބައިވެރިވުމާއި، އިލްމީ ލިޔުންތަކާއި ހިޔާލު ހުށެހެޅުމަށް ނެކްސިއާއިން ވަނީ ހުޅުވާލާފައި އެވެ. އަދި ހުށަހެޅޭ ފެންވަރު ރަގަޅު ދިރާސީ ލިޔުންތައް ތަރައްގީގެ ޕްލޭނާ އެކު ޝާއިއުކުރެވޭނެ ކަމުގައި އެ ފަރާތުން ފާހަގަކުރެއެވެ.

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ނެކްސިއާ މޯލްޑިވްސް އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ފުރަތަމަ ދެލިކޮޕީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެކުލަވާލުމަށް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: