ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ފްލެޓުތައް ކުއްޔަށް ދޭނަމަ، މައްސަލަ ބަލައި ތަން އަތުލާނަން: އެފްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތްތައް ރައީސް ބައްލަވާލެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް އެއްކޮށް ހަވާލުކޮށް ނުނިމެނީސް، އެޕާޓްމަންޓު ކުއްޔަށް ދޭން އިއުލާނު ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތައް އެއްބަސްވުމުގައި ސޮއިކޮށް ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، ބައެއް ފަރާތްތަކަށް ތަޅުދަނޑި ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މައުލޫމާތު ދިން ގޮތުގައި މިހާތަނަށް ފްލެޓު ތަޅުދަނޑި ހަވާލުކޮށްފައި ވަނީ 78 ފަރާތަކަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިންމާލުމެވެ.

ފްލެޓުގައި މީހުން ދިރިއުޅެން ތައްޔާރުވެފައި ވަނިކޮށް، އިއްޔެގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި އާންމުވީ ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާކަމަށް ބުނެ ޖަހާފައިވާ އިސްތިހާރެކެވެ. މި ޕޯސްޓު މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސް ރިޕޯޓު ކުރުމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ 4،000 ފްލެޓަކީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ޖެހިފައިވާ މީހުންނަށް އިސްކަންދީގެން ދޫކުރާ ފްލެޓުތައް ކަމަށެވެ.

ހަމްދާން ވިދާޅުވީ އެއްބަސްވުމާއި ހިލާފުވެ، ފްލެޓުތައް ކުއްޔަށް ދޭނަމަ އެ މީހުން ހޯދައި ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެ ބައެއްގެ އަތުން ފްލެޓު އަތުލައި އެއްބަސްވުން ބާތިލު ކުރާނެކަމަށް ހަމްދާން ވިދާޅުވި އެވެ.

ފްލެޓު ކުއްޔަށް ދޭނަމަ ތަން އަތުލާނެކަމަށް ހަމްދާން ވިދާޅުވީ ނަމަވެސް ސޯޝަލް ހުރިހާ ހައުސިންއެއް ހަވާލު ކުރަނީ ކުއްޔަށް ނުދޭން ޝަރުތުކޮށެވެ. އޭގެ ތެރޭގައި ހިޔާ ފްލެޓުތައް ވެސް ހިމެނޭއިރު، ހިޔާގެ ގިނަ ފްލެޓުތައް ހުރީ ވަރަށް ބޮޑު އަގެއްގައި ކުއްޔަށް ދޫކޮށްފަ އެވެ.

މިހާތަނަށް މިފަދަ އެއްވެސް މައްސަލައެއްގައި ފިޔަވަޅެއް އަޅާފައި ނުވާއިރު، ބައެއް ފަރާތްތަކުން ސޯޝަލް ހައުސިންގެ ކުލި ވެސް ނުދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: