ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ އޮޑިޓުގައި ވަނީ މާޒީ، މިދިޔަ އެއް އަހަރުގެ ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ހަދަން ޖެހޭ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރި ގޮތުގެ ތަފްސީލު އެނގޭނެ ހާއްސަ އޮޑިޓެއް ހަދަން ޖެހޭކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އޮޑިޓުގެ މުހިންމުކަން އޭނާ ވެސް ގަބޫލު ކުރާކަމަށާއި، އެހެން ނަމަވެސް މި ރިޕޯޓު އަންނަން ޖެހޭނީ އަހަރުތަކެއް ފަހުން ނޫންކަމަސެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން، އެދޭ ބަޖެޓުތައް ދޫކުރުން މުހިންމުކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އެދުމަކީ މަޖިލީހުން ފާސްކުރާ ބަޖެޓު، އޮޑިޓު އޮފީހަށާއި އޭސީސީއަށް ދޫކުރުން ކަމަށެވެ. މިގޮތަށް މަސައްކަތް ކުރަން ޖެހޭ ސަބަބެއްކަމަށް ޝަމްހީދު ވިދާޅުވީ ހިދުމަތް ދިނުމުގެ ނަމުގައި ކުރާ އިސްރާފުތައް އިތުރުވަމުން ދިއުމެވެ.

ފެނަކަ ކޯޕަރޭޝަނުގެ ހާއްސަ އޮޑިޓަށް އިޝާރާތް ކުރައްވައި ޝަމްހީދު ވިދާޅުވީ، އެ ރިޕޯޓުން އެކަނި ވެސް ގައުމުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ. އެހެން ނަމަވެސް މިއީ މާޒީއަށް ހެދިފައި އޮތް އޮޑިޓެއްކަމަށް އޭނާ ވިދަޅުވި އެވެ.

ޝަމްހީދު ވިދާޅުވީ އަހަރުތައް ކުރީގެ މަސައްކަތްތަކާއި ގުޅޭ އޮޑިޓުތަކަށް ވުރެ، ފަހުގެ ނަމްބަރުތައް އެނގޭނެ އޮޑިޓުތައް މާ މުހިންމެވެ. އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ރައްޔިތުންނަށް އެކި ހިދުމަތްތައް ދެމުން ގެންދާ އިދާރާތަކުގެ މިދިޔަ އަހަރުގެ ”ހާއްސަ އޮޑިޓެއް“ ހެދުމަށް ޝަމްހީދު ގޮވާލެއްވި އެވެ.

އިހަށް ދުވަސް އަޅުގަނޑުމެން މި ހެދި ޚާއްސަ އޮޑިޓުގެ ސަބަބުން ޤައުމުގެ ކޮރަޕްޝަން އަށަގެންފައިވާ ވަރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ.. އަޅުގަނޑު މިދައްކަނީ ފެނަކައިގެ އޮޑިޓުގެ ވާހަކަ.. އެކަމަކުވެސް އެއީ މާޒީއަށް ހެދިފައި އޮތް އޮޑިޓެއް.. އަޅުގަނޑުގެ ރިކުއެސްޓަކީ އޮޑިޓަރ ޖެނެރަލްއާއި ހިންގަވާށޭ ސްޕެޝަލް އޮޑިޓު މިހާރުން މިހާރަށް ހަދަން.. މިދިޔަ އަހަރުގެ ސްޕެޝަލް އޮޑިޓްތަކެއް ބައެއް ބޮޑެތި ކުންފުނިތަކުގައި ނޫނީ ސަރުކާރުގެ އިދާރާތަކުގެ ހަދަން. އަޅުގަނޑުމެން ހަމައެކަނި އޮޑިޓް ހަދަންޖެހެނީކީއެއް އަޅުގަނޑުމެންގެ މުދާ ގަތުމުގައި ނޫނީ ޕްރޮކިއުމަންޓް ކަންތަކުގައި އެކަންޏެއް ނޫން.. ދައުލަތުގެ ސިޔާސަތުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުންތަކަށް ވެސް އަޅުގަނޑު މެން އެބަ ޖެހޭ ރިއާޔަތްކުރަން..

އޮޑިޓުތައް ހެދުމުގައި ބަލަންވީ ހަމައެކަނި މުދާ ގަތުމާއި ޕްރޮކިއުމަންޓް ކަންތައްތަކަށް ނޫންކަމަށާއި، ދައުލަތުގެ ސިޔާސަތުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްސަލަ ބަލަން ޖެހޭކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން މި އަހަރު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 4.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރި ނަމަވެސް، ސެޕްޓެމްބަރު މަހުގެ މެދާއި ހިސާބަށް ލިބިފައިވަނީ ޖުމްލަ 2 ބިލިއަން ރުފިޔާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުން 2 ބިލިއަން ރުފިޔާގެ ކަސްޓަމް ޑިއުޓީ ގެއްލިގެން ގޮސްފައިވާއިރު އޭގެ ސަބަބަކީ، ވަގަށް ސިނގިރޭޓު އެތެރެ ކުރުން ނުވަތަ ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓު ތޯބެލުން މުހިންމުކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަގީގަތުގައި ބަލަންވީ ދައުލަތަށް ލިބޭ މިފަދަ ގެއްލުންތަކުގެ މައްސަލަތައް ކަމަށެވެ.

މީގެ އިތުރުން ޝަމްހީދު ވަނީ، މި ސަރުކާރުން ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ މައުލޫމާތުތައް ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާއި ގުޅޭގޮތުން މިއަދުގެ ތަޅުމަށް ހާޒިރުވި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވިކަމަށް ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި ފައިސާ ޗާޕު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަނަރ މުނައްވަރު އެއްބަސްވެވަޑައިގެންފައިވާކަށް އަޑުފެތުރެމުންދާކަމަށެވެ. އެހެންކަމުން މިކަން ސާފުކޮށް، އެއީ ތެދެއް ނަމަ ގަވަނަރ މަގާމުން ވަކިކޮށްގެން ނަމަވެސް ފައިސާ ޗާޕު ކުރުން ހުއްޓުވަން ޖެހޭކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ފައިސާ ޗާޕުކުރުމާ އެންމެ ބޮޑަށް ދެކޮޅު ހައްދަވަނީ މި ސަރުކާރުންކަމަށާއި، މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެންބަރުން މިކަމަށް ކޮންމެވެސް ފިޔަވަޅެއް އެޅުން މުހިންމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: