ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2026: އެމްބަސީތަކަށް 270 މިލިއަން، އެންމެ ބޮޑު އަދަދެއް މެލޭޝިއާގައި ހުންނަ އެމްބަސީއަށް!

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް 349 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ފޮރިން މިނިސްޓްރީގެ 349 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިމް މިނިސްޓްރީގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކޮށްފައި ވަނީ 78 މިލިއަން ރުފިޔާ އެވެ. ބާކީ 270 މިލިއަން ރުފިޔާއަކީ އެމްބަސީތަކާއި، ކޮންސިއުލޭޓުތައް އަދި ހައިކޮމިޝަނާއި މިޝަންތަކަށް ހިނގާނެކަމަށް ހިމަނާފައިވާ އަދަދެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އޮފީސްތަކުގެ ޖުމްލަ ބަޖެޓު ދައްކާ ގޮތުގައި، ފިނޭންސް މިނިސްޓްރީގެ ބަޖެޓުގެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ އެމްބަސީތަކަށެވެ.

ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ހިމަނާފައި ވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށެވެ. އެއީ 27.3 މިލިއަން ރުފިޔާ އެވެ. 20 މިލިއަން ރުފިޔާއިން މަތިން ލިބޭ އެމްބަސީތަކުގެ ތެރޭގައި ދެން ހިމެނެނީ ސްރީލަންކާގައި ހުންނަ ހައިކޮމިޝަނާއި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ ވިޝަން އަށެވެ.

10 މިލިއަން ރުފިޔާއިން ބޮޑު އަދަދެއް ލިބޭ އެމްބަސީތަކުގެ ތެރޭގައި ހިމެނެނީ، އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނާއި، ޖަޕާނުގައި ހުންނަ ހައިކޮމިޝަނުގެ އިތުރުން، ސައުދީ އަރަބިއްޔާގައި ހުންނަ ހައިކކޮމިޝަނައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ ވިޝަންގެ އިތުރުން ސިންގަޕޫރުގައި ހުންނަ ހައިކޮމިޝަނާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ޖަރުމަންވިލާތުގައި ހުންނަ އެމްބަސީގެ އިތުރުން ދޯހާގައި ހުންނަ އެމްބަސީ އެވެ.

ހާއްސަ ބަޖެޓުގެ ތަފްސީލު – ފޮރިން މިނިސްޓްރީ/ ފޮޓޯ: ފައިލް

އެންމެ ކުޑަ އަދަދެއް ލިބޭ އެމްބަސީއަކީ، އިޓަލީގައި ހުންނަ އެމްބަސީ އެވެ. އެ އެމްބަސީއަށް ބަޖެޓުގައި ޖަހާފައިވާ އަދަދަކީ 4.7 މިލިއަން ރުފިޔާ އެވެ.

މީގެއިތުރުން އެމެރިކާގައި ހުންނަ އެމްބަސީއަށް 8.4 މިލިއަން ރުފިޔާ، ތުރުކީގައި ހުންނަ އެމްބަސީއަށް 9.7 މިލިއަން ރުފިޔާ، ޗައިނާގައި ހުންނަ އެމްބަސީއަށް 9.8 މިލިއަން ރުފިޔާ، އިންޑިއާގައި ހުންނަ ހައިކޮމިޝަނަށް 9.9 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ބަންގްލަދޭޝްއާއި، ތުރުވަނަންތަޕޫރުގައި ހުންނަ ކޮންސިއުލޭޓާއި، ޕާކިސްތާނުގައި ހުންނަ އެމްބަސީ އަދި ބެލްޖިއަމްގައި ހުންނަ އެމްބަސީއާއި، ޖިއްދާގައި ހުންނަ ކޮންސިއުލޭޓަށް ކަނޑައަޅާފައި ވަނީ 5-4 މިލިއަނާއި ދެމެދުގެ އަދަދުތަކެވެ.

ބަޖެޓު ތަފްސީލުތައް ދައްކާ ގޮތުގައި، ބައެއް އެމްބަސީތަކަށް ކުރާ ހަރަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. އޭގެތެރޭގައި މެލޭޝިއާގެ ހައިކޮމިޝަނާއި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން ހިމެނެ އެވެ.

މީގެކުރީގައި ހުށަހަޅާފައިވާ ބަޖެޓުތަކުގައި ވެސް، ފޮރިން މިނިސްޓްރީގެ އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ އެމްބަސީތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: