ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމަށް މިހާރު ދިމާވެފައި އޮތް ހަގީގީ މައްސަލައަކީ މަޖިލީހުގެ ނިޔަތް: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ނިޒާމަށް މިހާރު ދިމާވެފައި އޮތް ހަގީގީ މައްސަލައަކީ ހެޔޮ ނިޔަތުގައި ރައްޔިތުންގެ މަޖިލީހުން ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ނުކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހެއްކާބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ހެއްކާބެހޭ ޤާނޫނު ފަދަ ޤާނޫނުތަކަކީ ޒަމާނާ އެއްގޮތަށް ބަދަލުތައް ގެންނަންޖެހޭ ޤާނޫނުތަކެއް ކަމަށާއި، ނަމަވެސް މުޅި ޝަރުއީ ނިޒާމަށް ގެންނަންޖެހޭ އިސްލާޙުތައް އަދިވެސް ނުގެނެވޭ ކަމަށެވެ.

ޒިޔާދު ވިދާޅުވީ، މި ސަރުކާރުންވެސް ޝަރުއީ ދާއިރާ މިނިވަން ކުރާނެކަމަށް ބުނަމުން ދިޔަ ކަމަށާއި، ނަމަވެސް ކަންކަން ވެގެންދިޔަ ގޮތް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ޒިޔާދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމުގެ ކަންކަން ދިޔަ ގޮތަށް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން، ވަކި ޕާޓީއެއްގެ ވާހަކަ ދައްކައިގެން ޝަރުއީ ނިޒާމު އިސްލާޙު ނުކުރެވޭނެ ކަމަށާއި، އެންމެންވެސް ޒިންމާ ނަގައިގެން މަސައްކަތް ކުރަންޖެހޭކަމަށް ޒިޔާދު ވިދާޅުވިއެވެ. އެގޮތުން ޤާނޫނުތައް މިހާރުވެސް ހުރިއިރު، ކަންކަން ގޯހުން ދަނީ ޤާނޫނުތައް ނެތިގެންތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.

އަޅުގަނޑު ޖުމުލަކޮށް ކުރުކޮށް ބުނަން މި އުޅެނީ މައްސަލަތައް މިހެން މިވަނީ ޝަރީއަތްތަކާއި ޝަރުއީ ނިޒާމަށް މިހާރު ދިމާވެފައި އޮތް ހަގީގީ މައްސަލައަކީ އަޅުގަނޑުމެންނޭ، ހެޔޮ ނިޔަތުގައި ރައްޔިތުންގެ މަޖިލީހުން މިކަން ކުރަން ހިފާލައިފިއްޔާ އަޅުގަނޑު ނުބުނަން މި ރާއްޖޭގައި ރަނގަޅު ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް އޮންނާނެއޭ،

މެމްބަރު ވިދާޅުވީ، ކޮންމެ ބަޔަކުވެސް އެބަޔަކަށް ފައިދާވާ ގޮތަށް ވާހަކަ ދައްކައި ބަހުސް ކޮށްލުމަށްފަހު ނިންމާލުމުން މައްސަލަތަކަށް ހަގީގީ ހައްލެއް ނާންނާނެކަމަށެވެ. މިސާލަކަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ ކަންކަމުގައިވެސް ކަން ހިނގަމުންދަނީ އެމަގުންކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން، ހެއްކާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ގާނޫނުގައި އެކުލެވޭ، ހެއްކާބެހޭ ބައެއް އުސޫލުތަކާއި ގުޅިގެން ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި، ދިމާވާ، ދަތިތައް ހައްލުކުރުމަށާއި ނިޒާމު އިތުރަށް، ފުރިހަމަކުރުމެވެ. އަދި ގާނޫނުގައި ހެއްކާއި ގުޅިގެން ހިމަނަންޖެހޭ އިތުރު އުސޫލުތަކާއި، އިޖުރާއަތްތައް ކަނޑައެޅުމަށާއި، އަދި ޤާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި، އޮތްގޮތުން، ނޫސްވެރިންގެ މެދުގައި ކަންބޮޑުވުން ހުރުމުން އެކަމަށް ހައްލެއް ގެނައުމަށްކަމަށް ވަނީ ބުނެފަ އެވެ.

މި ބިލުން ހެއްކާބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ކިތާބީ ހެއްކާއި، އިލެކްޓްރޯނިކް ހެއްކާއި، މާއްދީ ހެއްކާއި އަދި އިވުނު ކަމަށް ބުނާ ހެއްކާބެހޭ އުސޫލުތަކަށް ބަދަލުތައް ގެނައުން ހިމެނެ އެވެ. އަދި ހެކިބަސް ނެގުމާބެހޭ އުސޫލުތަކާ ގުޅިގެން ބައެއް އިސްލާހުތައް ހުށަހެޅުމާއި، ނޫސްވެރިކަމުގެ އިމްތިއާޒާ ގުޅޭ އުސޫލުތަކަށް މުހިންމު އިސްލާހުތައް ގެނައުމުގެ އިތުރުން އަލަށް، ތައާރުފުކުރެވޭ ކާކުކަން އަންގައިދޭ ހެއްކާއި ޒާތާގުޅޭ ހެކީގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުން ހިމެނެ އެވެ.

މި އިސްލާހު ސަރުކަރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: