ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަަަމަޟާން މަހުގެ ގޭބިސީތަކުގެ ކަަރަންޓު ބިލް 400 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

ދިވެހިންގެ ރާއްޖެ - ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަަަމަޟާން މަހުގެ ކަަރަންޓު ބިލް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ސަރުކާރުގެ މައި ޕާޓީ ޕީއެންސީ ކުރިޔަށް ގެންދިޔަ ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފަ އެވެ.

ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަން ދެނެގަނެ، އެ ކަންކަން ހައްލު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ދިނުން، ނުވަތަ ކަންތައްތަކެއް ފަހިކޮށްދެއްވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރައްޔިތުންނަށް މަސްދަޅުކޭސް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރަށް، ރޯދަ މަހަށް ހާއްސަ އިނާޔަތެއްގެ ގޮތުން، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް، މި އަންނަ ރަމަޟާން މަހު ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާކަމަށް ރައީސް އިއުލާން ކުރެއްވިއެވެ.

މިއީ ރައްޔިތުންގެ ކަރަންޓް ބިލަށް އަންނާނެ ބޮޑު ލުޔެއްކަން ވެސް އެމަނިކުފާު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ބިލްގެ ބާކީ ބައި ސަރުކާރުން ޑިސްކައުންޓް ކޮށްދެއްވާނެ ކަމަށެވެ.

މިދިޔަ ރަމަޟާން މަހު ވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާއެއްގެ ގޮތުން ރައްޔިތުންނަށް މަސްދަޅު ކޭސް ބަހާފަ އެވެ. އަދި ކަރަންޓު ބިލުން ޑިސްކައުންޓު ދީފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: