ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކިއެކި އިނާޔަތްތައް ދިނުމުގައި ހައްގުވާ މީހުންނަށް އިނާޔަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް: ސައުދުﷲ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަބްސިޑީ އާއި ޕެންޝަން އަދި އެކިއެކި އިނާޔަތްތައް ދިނުމުގައި ހައްގުވާ މީހުންނަށް އިނާޔަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ސައުދުﷲ ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގަމުން އަންނަނީ އެންމެ އާދައިގެ މީހާއެކޭ، އެންމެ ބޮޑު މަހުޖަނެކޭ އެއްގޮތަށްކަމަށެވެ. ނަމަވެސް އެކަން ބަދަލުވާން ޖެހޭކަމަށް ވިދާޅުވިއެވެ. ފުދުންތެރިކަން އިތުރުކުރުމަށް ސަބްސިޑީ އާއި ޕެންޝަން އަދި އެކިއެކި އިނާޔަތްތައް ދިނުމުގައިވެސް ރަނގަޅަށް ބަލައި ޗެކްކުރުމަށްފަހު ހައްގުވާ ފަރާތްތަކަށް އިނާޔަތްތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނުހައްގުން ހޯއްދަވާފައިވާ ފައިސާ އާއި ގެއްލިފައިވާ ފައިސާ ދައުލަތުން ހޯދަން ވެސް ޖެހޭކަމަށް ފާހަގަކޮށް ސައުދުﷲ ވިދާޅުވީ، ވަރަށް ކުޑަ މުއްދަތަކަށް ދައުލަތުގެ ވަޒީފާ އަދާކުރި ބައެއް ފަރާތްތަކުން ބޮޑެތި މަޝްރޫއުތައް ހިންގައި ބޮޑެތި ކަންތައް ކުރަމުންދާތަން ފެންނަކަމަށެވެ. އެ ފައިސާ ލިބުނީ އަދި ހޯދީ ކިހިނެއްތޯ ބެލޭނެ ނިޒާމެއް ރާއްޖޭގައި އަދި ގާއިމުވެފައި ނުވާ ކަމަށް ފާހަގަކޮށް މެންބަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ދައުލަތުން ގެއްލިފައި ހުރި ފައިސާތައް އެބަ ހޯދަން ޖެހޭ، އެތައް ބިލިޔަން ރުފިޔާގެ ފައިސާ ގެއްލިފައިވާ އެ ފައިސާ އަދި އަޅުގަނޑުމެންނަށް ހޯދިފައެއް ނެތް. ހަމައެއާއެކު އެކިއެކި ވެރިކަންތަކުގައި އެކިއެކި މަގާމުގައި ތިބި މީހުން ނަގާފައި ތިބި ފައިސާތައްވެސް ހޯދަން ޖެހޭ.

ސައުދުﷲ ވިދާޅުވި ގޮތުގައި ކަސްޓަމްސް އާއި އޭސީސީ އަދި މީރާ ފަދަ މުވައްސަސާތަކަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދީގެން އެ މުވައްސަސާތަކުގެ މަސައްކަތުން އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ބަލަން އެބަޖެހެއެވެ. އެކިއެކި އޮފީސްތަކުގެ ގަވައިދުތައް ހަދާފައި ހުންނަ ގޮތުން ދައުލަތަށް ގެއްލުންވާ ގޮތަށް ހުންނަ ކަންތައްތައްވެސް ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ބައެއް ފަހަރު އެ ގަވައިދުތަކުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާތައް ގެއްލިގެންދާކަމަށް ފާހަގަކުރެއްވިއެވެ.

ގައުމު މިވަގުތު އޮތީ އިގްތިސާދީ ގޮތުން މާ ރަނގަޅު ހާލަތެއްގައި ނޫންކަމަށާއި، ދައުލަތުގެ ދަރަނިތަކުގެ ސަބަބުން އިގްތިސާދީ ހާލަތު އަދި އެހާ ރަނގަޅު ނޫންކަމަށް މެންބަރު ވިދާޅުވިއެވެ. ހަރަދުތައް ކުރަން ޖެހޭނީ ވަރަށް ވިސްނައިގެންކަމަށް ފާހަގަކުރެއްވިއެވެ. އަބަދުވެސް ލިބޭ އެއްޗަކަށް ވިސްނައިގެން ހަރަދު ކުރުމަށް ސައުދުﷲ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ނަމަވެސް ރައީސުލްޖުމްހުރިއްޔާ ވީ ވައުދުތަކާއި އެއްގޮތަށް މަސައްކަތް ކުރައްވައިފިނަމަ ކަންކަން ރަނގަޅުވާނެކަމަށް މެންބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: