ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލިގެން އެދިޔައީ ކިޔަވަން މޮޅު އަދި ޚާއްސަކޮށް ޤުރުއާން ކިޔަވަން ވަރަށް މޮޅު ދަރިވަރެއް

އެކްސިޑެންޓްގައި ނިޔާވި އަންޖުމް
ޝެއާރކޮށްލާ ކަހަލަދޯ؟

12 ނޮވެމްބަރު2019 ވަނަ ދުވަހުގެރޭ ހުޅުމާލޭ ނިރޮޅު މަގުން ބަސް ޓަރމިނަލްއާއި ހަމައިން ސައިކަލަކާއި ބަހެއް ޖެހި ހިނާގިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި އަންޖުމް ޝަފީޤަކީ ކިޔެވުމަށް މޮޅު ކުއްޖެއްކަމަށާއި އަދި ވަކިން ޚާއްސަކޮށް ޤުރުއާން ކިޔެވުމަށް މޮޅު ކުއްޖެއްކަމަށް އާއިލާއިން ބުނެފިއެވެ.

އުމުރުން އެންމެ 13 އަހަރުގެ އަމްޖުމް ނިޔާވި އެކްސިޑެންޓް ހިނގާފައިވަނީ އަންޖުމް އާއިލާގެ މެމްބަރުން ތަކަކަށް ޒިޔާރަތް ކުރުމަށް  މަންމަ އާއިއެކު ހުޅުމާލެއަށް ދިއުމަށް ފަހު އެނބުރި މާލެ އައި މަގުމަތީގައި  ފަހަތުން އައި އެމްޓީސީސީގެ ބަހެއް ސައިކަލުގައިޖެހިގެންނެވެ. އެކްސިޑެންޓް ވުމުންވެސް ބަސް ވަނީ މަޑުނުކޮށް އެ ސަރަޙައްދުން ގޮސްފައެވެ. ފުލުހުން ވަނީ ބަސް ހުއްޓުވާ އެ ބަސް ދުއްވަނ އިން54 އަހަރުގެ ފިރިހެން މީހާ ހައްޔަރުވެސްކޮށްފައެވެ.

އެމަޖެންސީގައި ޓްރީޓޮޕް ހޮސްޕިޓަލަށް އަންޖުމް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަމަށް އެ ހޮސްޕިޓަލުންވަނީ ހާމަކޮށްފައެވެ. އެކްސިޑެންޓްގައި އަނިޔާވި އަންޖުމްގެ މަންމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އަންޖުމްގެ މަންމަގެ ހާލު ރަނގަޅެވެ. އަދި ބޭރުފުށުން އަނިޔާއެއް ފެންނަން ނެތްކަމަށް އާސަންދަ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އަންޖުމްގެ މަރާއެކު މުޅި މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެސް އެތައް ބަޔަކު ދަނީ އަންޖުމްއަށް ހެޔޮ ދުއާކުރަމުންނެވެ. ގާތް ރަޙުމަތްތެރިންނާއި އާއިލާ އިން  ބުނެފައިވަނީ އަންޖުމް އަކީ އަޚުލާގު ރަނގަޅު ބަސް އަހާ، މަޑުމައިތިރި، ކިޔެވުމަށް ލޯބި ކުރާ މޮޅު ކުއްޖެއް ކަމަށެވެ. އަދި އަންޖުމްގެ ކުއްލި ވަކި ވުމަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ހާދިސާއެއް ކަމަށެވެ.

ޖަމާލުއްދީން ސުކޫލްގެ ގްރޭޑް 7ޑީ ގައި ތައުލީމު ހާސިލްކުރަމުންދާ އަންޖުމް ނިޔާވުމާއި ގުޅިގެން އެ ސުކޫލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: