ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4000 ފުލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލު އާއްމުކޮށްފި

ފަހި ފްލެޓްތައް ބައްލަވާ ލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް، މިހާރު ދައްކަން ޖެހޭ މިންވަރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާންމުކުރައްވައިފިއެވެ.

ރައްޔިތުންނަށް ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ރައީސް ވަނީ ދާދިފަހުން ހުޅުމާލެ 2ގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހަކު ދައްކަން ޖެހެނީ 8،000ރ. ކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެ ތަނުގެ ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ. ތިން ކޮޓަރީގެ ފްލެޓް ދޫކުރަން ނިންމީ މެއިންޓެނަންސް ފީއާ އެކު 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެއެވެ.

މިނސްޓަރ މުއްތަލިބް ސޯޝަލް މީޑިއާގައި ވަނީ އެކަމުގެ ތަފްސީލްތައްވެސް ހިއްސާކުރައްވާފައެވެ. ސަރުކާރުން ގެނެސްފައިވާ ބަދަލާ އެކު، މިނިސްޓަރު މުއްތަލިބު ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މެއިންޓެނަންސްއާ އެކު 7،000ރ. ކަމަށެވެ. އަދި އެ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަކީ 6،000ރ. ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހު ކުއްޔަށް ދައްކަންޖެހެނީ 10،000ރ. އެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.

ގެނެސްފައިވާ ބަދަލުތައް:

  • ދެ ކޮޓަރި – މަހު ކުއްޔަކީ 6،000ރ. އަދި މެއިންޓެނަންސްގެ ގޮތުގައި 1،000ރ. – ސެކިއުރިޓީ ޑިޕޮސިޓް 6،000ރ.
  • ތިން ކޮޓަރި – މަހު ކުއްޔަކީ 8،500ރ. އަދި މެއިންޓެނަންސް ފީއަށް 1،500ރ. – ސެކިއުރިޓީ ޑިޕޮސިޓަށް 8،500ރ.

ހުޅުމާލޭ 2 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ ފްލެޓްތަކަށް ނަގާ ޑިޕޮސިޓާއި ސޯޝަލް އެހެން ސްކީމްތަކާ އަޅާބަލާއިރު ކުލި ބޮޑުކަމަށް އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: