ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ކޮންފަރެންސެއް ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ދާއިރާތަކުގެ ޒުވާނުން ބައިވެރިވެ ހިޔާލާއި ހޯދައި މަޝްވަރާ ކުރުމަށް ގައުމީ ޒުވާނުންގެ ކޮންފަރެންސެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާ ގުޅިގެން އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބާއްވާ ޒުވާނުންގެ ކޮންފަރެންސްގައި 93 ޒުވާނުން ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މާލޭގައި ދާދި ފަހުން ހުޅުވި ޔޫތު ހަބްގައި ބާއްވާ ޔޫތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްުޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި އަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެ ކަންބޮޑުވުންތަކަށް ވަށައިޖެހޭ ހައްލެއް ހޯދުމާއި ޒުވާނުންގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުންގެ ކުރިއެރުވުމަށްޓަކައި މަސައްކަތް ކޮށްދިނުން ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ ކޮންފަރެންސްގެ ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހަ މައުލޫއުއަކަށް ބަހާލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: