ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ: އިބްރާހިމް ހުސެއިން

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު، އިބްރާހީމް ޙުސައިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ބޮޑުބައެއް ދަރަނި ދެއްކުމަށް ހާއްސަކޮށް، ރައްޔިތުންގެ މައިގަނޑު ބޭނުންތައް ފުއްދުމަށް ހިމަނާފައިވާއިރު ޒަމާންވީ އެތައް މައްސަލައަކަށް ހައްލު ގެނެވޭނެކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު، އިބްރާހީމް ޙުސައިން ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އިބްރާހިމް ވިދާޅުވީ ބަޖެޓުގެ ބޮޑު ބައެއް ހިމެނިފައިވަނީ ކުރީގައި ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމަށާއި، ދިވެހި ރައްޔިތުންނަށް އެންމެ ބޭނުންވާ ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތް ފަދަ މައިގަނޑު ކަންކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

މެންބަރު ވިދާޅުވީ 62 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިގެން ދިޔައިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާ ވަނީ ދިވެހިރާއްޖެއިން ކުރީގައި ބޮޑެތި އިންޓްރެސްޓް ތަކުގައި ނަގާފައި ހުރި ލޯނުތައް ދެއްކުމަށް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ކުރުމަށް ބަޖެޓުވެސް ބޮޑަށް އެކުލަވާލާފައިވާކަން ފާހަގަކުރެއްވިއެވެ.

އިބްރާހީމް ވިދާޅުވީ ބަޖެޓު ބޮޑުވަނީ ހަގީގަތުގައި ރާއްޖޭގެ ރައްޔިތުންނަށް ކުރަންޖެހޭ އެކި ކަންކަން ކުރުމަށްކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓަކުން ވެރިކަމަށް އައިސްފައިވާ ސަރުކާރަކުން، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މިފަދަ ބޮޑެތި ބަޖެޓުތައް ފާސްކޮށްގެންވެސް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އިބްރާހިމް ވިދާޅުވި ގޮތުގައި 2026 ގެ ބަޖެޓުގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނިފައި ވަނީ ބޯހިޔާވަހިކަމުގެކަންކަމާއި، ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭގޮތަށް ސިއްހީ ނިޒާމުގެ ހިދުމަތް ރަނގަޅު ގޮތުގައި ގާއިމްކުރުމަށް ކަމަށެވެ.

ބަޖެޓާ ބެހޭގޮތުން އެއްޗެއް ދަންނަވާލާ ކަމަށް ވެއްޖިއްޔާ، ބަޖެޓުގެ ބޮޑުބައެއް މިފަހަރު ހަރަދު ކުރެވިގެން ދާނީ އަޅުގަނޑުމެން ކުރީގައި ނަގާފައި ހުރި ލޯނުތައް ދެއްކުމަށްޓަކާ. އަޅުގަނޑުމެން އެންމެންނަށްވެސް ހަމަ ފެންނާނެ އެ ބަޖެޓުގެ ބޮޑު ބަޔެއް ގާތްގަނޑަކަށް 62 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިގެން ދިޔައިރުގައި އޭގެ ތެރެއިން 16 ބިލިއަން ރުފިޔާ ވަރު ގާތްގަނޑަކަށް އެވަނީ، ހަމަ އެކަނި ދިވެހިރާއްޖެއިން ކުރީގައި ބޮޑެތި އިންޓްރެސްޓް ތަކުގައި، ނަގާފައި ހުރި ލޯނުތައް ދެއްކުމަށްޓަކާ އެ ކަން ކުރެވިގެން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް އެފެނިގެން ދިޔައީ…

އިބްރާހިމް ވަނީ ރައްޔިތުންނަށް މާލެއަށް ނައިސް، އެ ރަށްރަށުގައި ތިބެގެން ސިއްހީ ހިދުމަތް ލިބޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބަލިމީހާ އަށް އާސަންދަ ލިބުނުކަމުގައި ވިޔަސް، އެހީތެރި މީހާއަށް އެއްވެސް އެއްޗެއް ނުލިބި އާއިލާ އަތުން ބޮޑު ހަރަދެއް ކުރަންޖެހި، ވަރަށް ނިކަމެތި ހާލުގައި ފަރުވާގެ ކަންކަމުގައި އުޅެންޖެހިފައިވާކަމަށް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ ރައީސް މުއިއްޒު ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނަވީ ވައުދު ފުއްދުމަށްޓަކައި ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އަދި ވިދާޅުވީ 2026 ވަނަ އަހަރަކީ މި ގައުމުގައި ދުވަހަކުވެސް ނުކުރެވޭ ވަރަށް ތަރައްގީގެ މަޝްރޫއު ޕްރޮޖެކްޓްތައް ހިނގަމުންދާނެ އަހަރެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ، މި ބަޖެޓުގައި ސިއްހީ ނިޒާމު ގާއިމުކުރުމަށްޓަކައި އެތައް ރަށެއްގެ ކަންތައް ރަނގަޅުކުރުމަށްޓަކައި އެތައް ކަމެއް ހިމެނިފައިވާ ކަމަށެވެ. އަދި ތައުލީމީ ނިޒާމު ގާއިމްކުރެވި، އެތައް ފުރުސަތެއް މި ބަޖެޓުން ހުޅުވާލަދެވިގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: