އެމްޑީޕީގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށް ކުރީގެ ރައީސް، ޕީޕީއެމްގެ ރައީސް ޢަބްދުލް ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
”ހިބަރު ވަދު“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، މުޅި ނިޒާމުގައި ބަގުޑި ބައްދައިގެން ޢިލްމުވެރިންނާއި، އަދި އެމަނިކުފާނަށް އެކި ގޮތްގޮތުން އަނިޔާދިނުން ކަމަށާއި،
ނަމަވެސް އެމްޑީޕީގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނޭކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ހިތްދަތިކަމަކީ ވަގުތީކަމެއް ކަމަށެވެ.
މި ޙާލަތަށް ޤައުމު ދާއިރު ދިވެހި ރައްޔިތުން ދެކެ ލޯބިވާކަމަށް ދައުވާ ކުރާ މީހުން ކޮބާތޯ ވިދާޅުވެ ރައީސް ޔާމީން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ޤައުމާއި ދީނުގެ ދިފާއުގައި މިވަގުތު އެއްޗެއް ބުނަން ނުކެރިގެން އުޅުއްވަނީ ކީއްވެތޯ ވިދާޅުވެ ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެންމެންވެސް މިހާރު ތިއްބެވީ ހަނު ކަމަށާއި، މިކަން ފަތަހަ ކުރާނީ އެ އެމަނިކުފާނުގެ ޓީމުންކަމަށްވެސް ވިދާޅުވިއެވެ.
”އެމްޑީޕީގެ ކުރިމަތީގައި ކީއްވެގެންތޯ ކުޑަކަކޫ މިޖަހަނީ؟ އެމްޑީޕީގެ ކުރިމަތީގައި އަޅުގަނޑުމެންނެއް ކުޑަކަުލެއް ނުޖަހާނަން. މިއީ އަޅުގަނޑުމެންގެ ޙާލު މިއަދު ހުރިގޮތް.ކޮބާތޯ ދިވެހި ރައްޔިތުން ދެކެ ލޯބިވާ މީހުން. ކޮބާތޯ މަގެ ޤައުމާ މަގެ ދީނާ؟ މިކަން ކަމާއި ދޭތެރޭގައި އަޅުގަނޑުމެން ކީކޭތޯ މިއަދު ބުނަން ނުކެރިގެން މިއުޅޭނީ؟ ކޮބާތޯ އެންމެ މަތިވެރި ޝަރަފުން ޝަރަފު ލިބިވަޑައިގެން ތިއްބވި ބޭފުޅުން؟އެ ބޭފުޅުން މިއަދު އަތްފައި ނުހެލެނީތޯ؟ދޫ ނުހެލެނީތޯ؟ކޮބާތޯ އަޅުގަނޑޫމެންގެ މުދައްރިސުން؟ ކޮބާތޯ އަޅުގަނޑުމެންގެ ޔުނިވަރސިޓީތަކުގައި ދަރިވަރުންނަށް ކިޔަވަދޭ ޓީޗަރުން؟ ކޮބާތޯ ޕްރޮފެސަރުން؟ ހަމަ ކޮންމެ މީހަކު އިހުތިޔާރު މިކުރަނީ ހަނު ހުންނަން. ހަނު ތިބޭ! މިކަން އަޅުގަނޑުމެން އެކަނި އިރާދަކުރެއްވިއްޔާ ފަތަހަކޮށް ނިންމާނަން“
ރައީސް ޔާމީން ވިދާޅުވީ މިހާރު މިއޮތީ ސިޔާސީ ލީޑަރުންނަށް ”އައްޔަކަސް އަނދިރިޔަކަސް“ އެ ބޭފުޅުންނަށް ފަރުވާލެއް ނެތޭ ބުނާ ހިސާބުގައި ކަމަށެވެ. އަދި ހިތާމައަކީ ދިވެހި ރާއްޖޭގެ މުއައްސަސާތައް ހިންގަން ހަވާލުވެ ތިބި މީހުންނަށް އެގޮތް ހެޔޮވުންކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާރު މިއޮތީޫ ނަމުން މިނިވަން ކަމުން އަޅުވެތި މުއައްސަސާތަކެއް ކަމަށާއި، މިނިވަން އެއްްވެސް މުއައްސަސާއެއް ނެތްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމައެކަނި އޮތް ކަމަކީ ”އަންބޮޑި ބޮޑު ކުރުން އެކަނި ކަަމަށް“ ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
“ މިހާރު މިއޮތީ ސިޔާސީ ލީޑާރުންނަށް އައްޔަކަސް އަނދިރިޔަކަސް، ތިމަންނަމެންނަކަށް ފަރުވާލެއް ނެތޭ ބުނާ ހިސާބުގައި. އައްޔަކަސް އަނދިރިޔަކަސް ތިމަންނަ މެންނަކަށް ފަރުވާލެއް ނެތް.އެހެންވީމަ އަލިކަން ނެތި އަނދިރިކަން އައިމަ ކިހާ ދުވަހަކު އަޅުގަނޑުމެން ހިތްދަތިކަން ތަހަންމަލު ކުރިން ތޯ؟“
ރައީސް ޔާމީން ވިދާޅުވީ ބާ ތަޔަރު ތަކެއް އަޅުވައިގެން އުޅުނަސް މި ރޭސް ކާމިޔާބު ނުވާނޭކަމަށެވެ. އަދި މިރޭސް ކާމިޔާބު ވާނީ އެއަށްވުރެ މާ ހަކަތަ ހުރެގެންކަމަށްވެސް ވިދާޅުވިއެވެ.

